| 1 |
ބައްޕައަކު އޭނާގެ ދަރިފުޅަށް ދިން މި ނަސޭހަތް އަޑު އަހައި، މިއާ މެދު ނިކަން ވިސްނައި، ފިކުރު ކޮށްލަމާތޯއެވެ. ބައްޕަ ވިދާޅުވިއެވެ. ދަރިފުޅާއެވެ! ދަރިފުޅު ދުނިޔެއަށް އައީ ރޮމުން، ދަރިފުޅު ދެކެ ލޯބިވާ އެންމެން އުފަލުން ރޮއްވައިލައިފައެވެ. އަދި ދަރިފުޅު މި ދުނިޔެ ދޫކޮށްދާ ދުވަހު، ދަރިފުޅަކީ ދުނިޔެއިން ގެއްލިގެން. |
| 2 |
މިޒަމާނުގައި ޓެކްނޮލޮޖީއަށް އައި ތަރައްޤީއާއި ތަޙުޒީބުގެ ސަބަބުން އިންސާނުން ވަނީ ހަނދަށްވެސް ގޮސްފައެވެ. އެހެންނަމަވެސް މިއަދުގެ ދުނިޔޭގައި އިންސާނުން ވަނީ އެބައިމީހުން ދުނިޔެއަށް އައި ހަގީގީ މަޤްސަދު ހަދާންނެތިފައެވެ. ނިކަން ވިސްނާބައްލަވާށެވެ. އަހުރެމެންވަނީ އަހުރެމެންގޭގެ މަގު ހުރަސްކޮށް މަގުގެ. |
| 3 |
އަދި ހަމަމިއާއިއެކު އިންސާނުން ހޯދާފައިވާ ކުރިއެރުމުގެ ސަބަބުން ދުނިޔޭގެ އެއްބަރުން އަނެއްބައްރު ހުރަސްކޮށް، ބޭނުން އަމާޒަކަށް ބޭނުން ވަގުތެއްގައި ހަމަލާދީ، މިސައިލެއް ފޮނުވާލުމުގެ ކުޅަދާނަކަން އިންސާނުންނަށް ވަނީ ލިބިފައެވެ. ނަމަވެސް އަހުރެމެންވަނީ ފޮތެއް ކިޔާލުމަށްޓަކައި އަހުރެމެންގެ ދަރިފުޅު ގޮވައިގެން. |
| 4 |
މިއަދު އަހުރެމެން ވަނީ މުޢާސަލާތުކުރުމުގެ ވަޞީލަތްތަކަށް އައި ތަރައްޤީގެ ސަބަބުން އީ-މެއިލް، ފެކްސް އަދި ފޯނުގެ ޒަރީއާއިން ވަރަށް ބޮޑަށް ގުޅިފައެވެ. ނަމަވެސް އަހުރެމެންގެ މުޖުތަމައުގެ އަފްރާދުންގެ މެދުގައި އޮންނަންވާ ގުޅުންތައް މިހާރަށްވުރެ ނިކަމެތި ވެފައިވާ ޒަމާނެއް އައިސްފައި ނުވާނެކަން ކަށަވަރެވެ. |
| 5 |
މިހެންކަމުން ދަންނަވަންޖެހެނީ އަހުރެމެން ވަނީ ވަރަށް ބޮޑަށް އިންސާނިއްޔަތާއި ގުޅުން ކެޑިފައިކަމުގައެވެ. އަދި އަހުރެމެންވަނީ އަހުރެމެން ދުނިޔޭގައި އުޅެމުންދާ ހަގީގީ މަޤްޞަދު އޮޅި މަގުން ކައްސާލާފައެވެ. އަދި ދިރިއުޅުމުގައި އެންމެ މުހިއްމު ކަންތައްތަކާއި މެދު އަހުރެމެންނަށް އުޅެވެނީ ކަޅު އަނދިރީގެ ތެރޭގައެވެ. |
| 6 |
ހަމަ ޔަގީނުންވެސް އެނގޭއެއްޗަކީ އަހުރެމެން ދުނިޔޭގައި އުޅެމުން ދާއިރު، އަމިއްލަ ދިރިއުޅުމަށް އަމިލައަށް ބާރުފޯރުވައި ރަގަޅަށް އުޅެން މަސައްކަތް ނުކުރާނަމަ، ދުނިޔޭގެ އޮއިވަރުގައި ތިމާޖެހިގެން ހިގައިދާނެކަމެވެ. މިގޮތުގައި ދުވަސްތައް ހަފްތާތަކަށް ބަދަލުވެ، ހަފްތާތަށް މަސްތަކަކަށް ބަދަލުވެ، މަސްތައް އަހަރުތަކަށް. |
| 7 |
އެކިމީހުން ތަފާތު ވަޒީފާތަކާއި ތަފާތު މަގާމުގައިގައި ތިބިއެއްކަމަކު، އެންމެންވެސް އުޅެން ބޭނުންވާނީ އުފާވެރިކަމާއި އެކު ހިތްހަމަޖެހޭ ދިރިއުޅުމެއްކަމާއި މެދަކު އެއްވެސް މީހަކު ޝައްކެއް ނުކުރާނެވެ. އަދި ކޮންމެ މީހަކުވެސް ބޭނުންވާނީ އެމީހަކު ނެތް ދުނިޔެއެއްގައި، މީސްތަކުން އެމީހެއްގެ މަތިން ހަނދާންކޮށް. |
| 8 |
ވުމާއެކު އަހުރެން ތިބާއަށް ދޭނެ ނަސޭހަތަކީ ތިބާ ދުނިޔެއަށް އައި ހަޤީޤީ މަޤްޞަދު ހަދާން ނައްތާ ނުލުމުށެވެ. އަދި ތިބާ ދުނިޔެއަށް އައީ ނިކަން މާތް މަގުސަދެއްގައި ކަން ހަދާންކޮށް ދިރިއުޅުމުގެ މަޤްސަދު ހެޔޮގޮތުގައި އަދާކުރުމަށެވެ. އަދި ތިމާގެ ޤާބިލިއްޔަތުކަން ބޭކާރުނުކޮށް، އިންސާނެއްގެ މަތިވެރި މަގާމު ހަދާންކޮށް. |
| 9 |
ނޯޓް: މިލިޔުމަކީ ރޮބިން ޝަރުމާ ލިޔުއްވާފައިވާ 'ހޫ ވިލް ކްރައި ވެން ޔޫ ޑައި" ގައި ހިމަނާފައިވާ ލިޔުމެއްގެ ތަރުޖަމާއެކެވެ. މިލިޔުން ތަރުޖަމާ ކުރުމުގައި އަހުރެން އަމިއްލައަށް ބައެއް ބަދަލުތައް ގެނެސްފައިވާނެއެވެ. އެގޮތަށް ބަދަލު ގެނެއުމުގެ ބޭނުމަކީ، މިފަދަ ލިޔުންތައް އަހުރެމެންގެ ދީނާއި، ދިވެހި މުޖުތަމަޢާއި. |
Комментарии