[{{mminutes}}:{{sseconds}}] X
Пользователь приглашает вас присоединиться к открытой игре игре с друзьями .
Мальдивские Цитаты
(0)       Используют 3 человека

Комментарии

Ни одного комментария.
Написать тут
Описание:
любимые
Автор:
xcislav
Создан:
13 декабря 2021 в 02:12 (текущая версия от 22 июня 2022 в 06:45)
Публичный:
Нет
Тип словаря:
Тексты
Цельные тексты, разделяемые пустой строкой (единственный текст на словарь также допускается).
Содержание:
1 މިވާހަކަ އަކީ ކުރިންވެސް އަޅުގަނޑު މިސައިޓްގައި ގެނެސްދޭން ފަށައިފައިވާ އެހެނަސް ގެނެސްދިނުން މެނދުކެނޑިފައިވާ ވާހަކައެކެވެ. އެހެންކަމުން ބޮޑެތި ބަދަލުތަކަކާއި އެކު އަލުން މިވާހަކަ ގެނެސްދެން އަޅުގަނޑު ގަސްދު ކުރަމެވެ. ވާހަކަ ގެނެސްދިނުން މެދުކެނޑުނީތީ ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް އަޅުގަނޑު މާފަށް އެދެމެވެ. އަދި އިންޝާﷲ މެދުނުކެނޑި މިވާހަކަ ގެނެސްދޭނެ ވާހަކަ ދަންނަވަމެވެ. ވާހަކަ ހުރިހާ ކިޔުންތެރިންނަށް ކަމުދާނެ ކަމަށް ހީކުރަމެވެ.
2 އާޔަން.. އާޔަން.. ކޮންތާކު ފިލާ ތިއޮތީ ބަދިގެއާއި ދިމާއާށް އަންނަމުން ދިޔަ ޝާކިރާ އަޑުގެ ކޮޅަށް ގޮވަމުން ދިޔައެވެ. ރުޅިއައިސްގެން މީހާ ފަޅައިގެންދާން އުޅޭ ކަހަލައެވެ. ގޭގެ ދޮރުހުޅުވާލި އަޑަށް ޝާކިރާ ބަލާލިއިރުވެސް އެދެލޮލުން އަލިފާން ކަނި ބުރާކަހަލައެވެ. ތަރުކާރި ކޮތަޅެއް ހިފައިގެން އައި އާޔަން އަށް ޝާކިރާގެ މޫނުމަތީގެ ކުލަވަރު ފެނި މަޑު ޖެހެވުނެވެ.
3 މެޑަމް ފާހަނައިގަ އުޅުއްވާތީވެ އަޅުގަނޑު ދިޔައީ ނައިލީ މެޑަމް ކައިރީ އަހާފައި.. މެންދުރަށް ކެއުން ތައްޔާރު ކުރަން ލަސްވެދާނެތީ.. އާޔަން ވާހަކަ ދެއްކީ އިސްޖަހާލައިގެން ހުރެ އަދަބުވެރިކަމާއި އެކީގައެވެ. ސޮރީ ދެން އެހެނެއް ނުވާނެ.. އިސްޖަހާލައިގެން ހުރެ މަޑުމަޑުން އާޔަން ބުނެލިއެވެ.
4 ކަލޭ ކައިރީ އަހަރެން ނުބުނަންތަ ގެއިން ބޭރަށް ދެވޭނީ އަހަރެންގެ ހުއްދަ ހޯދައިގެންނޭ.. ޝާކިރާ ހީވީ ދެންމެ ދެންމެ އާޔަންގެ ލޮލަށް އިނގިލި ކޮއްޕާލާފާނެހެންނެވެ. ކަލެއަށް ވަޒީފާ ދިނީ ނައިލީ އެއް ނޫން އަހަރެން.. އަހަރެން ހުއްދަ ހޯދައިގެން ނޫނީ ކަލެއަކަށް މިގެއަކުން ނުނިކުމެވޭނެ.. ކުރިއަށްވުރެ ބާރަށް ޝާކިރާ ހަޅޭއްލަވައިގަތެވެ.
5 އާޔަން ދޮގު ތިހަދަނީ ކީއްވެ.. އަހަރެން ނުބުނަން ދާށޭ މީނަ ގޭގަ ނެތިގެން އަހަންނަށް މިޖެހުނީ އަޒީދުއަށް ކޮފީ ހަދަންވެސް.. ބަދިގެއިން ހޫނު ކޮފީތައްޓެއް ހިފައިގެން ނިކުތް ނައިލީ ބުނެލިއެވެ. ނައިލީ ހެދި ސާފު ދޮގު އިވިފައި އާޔަން އިނީ ހަމަ ހައިރާންވެފައެވެ. ނައިލީއަށް ބަލާލެވުނީ ޤަބޫލުކުރަން ދަތިވެގެންނެވެ.
6 ކަލޭ ކޯންޗެއް ތިބަލަނީ.. މޫނަށް މިކޮފީ ތަށި ޖަހާފާނަން ތިވައްތަރަށް ބަލަންޏާ.. އެމީހުން ހުރަސްކޮށް ސިޑިއާއި ދިމާއަށް ދަމުން ނައިލީ އާޔަންއާއި ދިމާއަށް ބުންޏެވެ. ނައިލީއަށް ޖަވާބުދޭން ބޭނުންވިޔަސް އާޔަންގެ މިއަދުގެ ހާލަތު މަޖުބޫރި ކުރީ އިސްޖަހާލުމަށެވެ.
7 ބުނަންތަ ވާހަކައެއް.. ތިގޮތަށް ކަންތައްތަކުން ރެކެން އުޅޭނެ ކަމެއް ނެތް ކޮންމެ ދުވަހަކުވެސް މަޝާ އެބަޖެހެޔޭ މިކަހަލަ ހަޅޭޢްލަވަން.. އެއްޗެއް ނުބުނަން މަސައްކަތް ކުރާއިރުވެސް ދުލުގައި ހިފާ ދަމަނީވިއްޔާ ދެބުމަ ގޮށްޖަހާލަމުން ޝާކިރާ ބުންޏެވެ. އެއްޗެކޭ ބުނާއިރަށް ބުނާނެ އެހެން އަދި.. ބާރަގަޑި ބައިގަ ނާޝިދު އަންނާނެ ކާން.. އޭގެ ކުރިން ހުންނަންވާނީ ހުރިހާ އެއްޗެއް މޭޒުމައްޗަށް އަރުވާފަ.. ލޯންޑްރީގަ ހުންނާނެ ދޮންނަންހުރި ބައިވާރު އެއްޗެހި.. އެވެސް އިރުއޮއްސެންވާއިރަށް ނިންމާތި.. މިއަދު އާމިރާ ބަލިވެގެން ޑޮކްޓަރަށް ދައްކަން ގޮއްސަވީ.. އެހެންވީމަ ކައްކާ ނިންމާފަ ގޮސް ގޯތިތެރެ ރީތިކޮށް ކުނިކަހާފަ ބަގީޗާ ތެރެވެސް ރީތިކުރަންވީ.. ފެންއަރުވާ ވަޑާމުގެ ތެރޭގަ އެޅިފައި ހުރި ފަތްތައްވެސް ނަގާތި.. ޝާކިރާ ފައްޗަކަށް އަމުނާލިއިރު އެމަސައްކަތް ކުރަން ހުރީ ހަމަ އޭނާފަދައިން ކައްޓާއި މަހުން ހައްދާފައިވާ އިންސާނެއްކަން ހަނދާނެއްވެސް ނެތް ފަދައެވެ.
8 ހަވީރު ކުނިކަހަން މަޑުކޮށްލިޔަސް އެންމެ ރަނގަޅުތަ.. އެގަޑީގަ ވަރަށް ބޮޑަށް އަވިއަރާފަ އޮންނާނީ ނުބުނަން ހުރެފަވެސް އާޔަން ބުނެލިއެވެ. ތީ އަހަރެން ބަލަން ޖެހޭ ކަމެއް ނޫން.. ބުނީމަ ބުނާގޮތަށް ކަންތައްކުރީމަ ނިމުނީ.. އާޔަންއަށް ލޯއަޅާލަމުން ޝާކިރާ އޭނާގެ ފަރި ހިނގުމުގައި ގޮސް ކޮޓަރިއަށް ވަނެވެ. އާޔަން ދެފަރާތަކަށް ބޯހޫރާލުމަށްފަހު ބަދިގެއާއި ދިމާއަށް ދިޔައެވެ. ޝާކިރާ ބުނިގޮތަށް ބާރަގަޑި ބައިވުމުގެ ކުރިން މޭޒުމައްޗަށް ކާއެއްޗެހި އެރުވުމަށްފަހު އާޔަން އިލޮށިފަތި ހިފައިގެން ގޯތިތެރެއަށް ނިކުމެ ކުނިކެހިއެވެ. އެންމެ ފުރިހަމައަށް ގޯތިތެރެ ސާފުކޮށް ނިންމާލުމަށްފަހު ގޭތެރެއަށް ވަންއިރު އާޔަންގެ ބޮލަށް ހުރީ އެނބުރުން އަރާގޮތްވެފައެވެ. ފެންވަރާލައި ނަމާދުކޮށް ހެދުމަށްޓަކައި ކޮޓަރިއާއި ދިމާއަށް ދިޔަވަގުތު އައި ނައި ތަނެއް ނޭނގި މީހަކު އާޔަންގެ އަތުގައި ހިފާފައި އެންމެ ކައިރީގައި ހުރި ކޮޓަރިއަށް ވެއްދިއެވެ.
9 ނިޝީ ކޮންކަމެއް ތީ ދެން.. ޝާކިރާމެން މީހަކަށް ފެނިޖިއްޔާ އަހަރެންގެ ދުވަސް ދުއްވާލާނެ.. އަނެއްކާ އިރުކޮޅަކުން ނާޝިދު އަންނާނެ ކާން ތިއުޅެނީ އަހަރެން ބައްދާލާނެ ގޮތެއް ނޭނގިގެންތަ ހިތްހަމަނުޖެހިފައި ހުރެ އާޔަން އަށް ބުނެވުނެވެ. ނަމަވެސް ކުރިމަތީގައި ހުރި ނިޝީގެ ތުންފަތްމަތީގައި ވަނީ ހިނިތުންވުމެކެވެ.
10 ހަމަޖެހިބަލަ މިއަދު ހެނދުނު ވި ހުރިހާ ކަމެއް އަހަރެން ލިލީ ރީތިކުރަން ހުރިއިރު އަޑު އިވުނޭ.. އާޔަންއަށް މާބޮޑަށް ހޫނުވެފަ ހުރީމަ މިކޮޓަރިއަށް މިވެއްދީ އާޔަންއަށް ފިނިކޮށްލަން އާޔަންގެ ކޮޓަރީގަ އޭސީއެއްވެސް ނުހުންނާތީ.. ނިޝީ ބުނެލިއެވެ.
11 އެކަމަކު މީ ލިލީގެ ކޮޓަރި.. ނައިލީއަށް އަހަރެން މިކޮޓަރީގައި ހުއްޓާ ފެނިއްޖިއްޔާ ވަރަށް ކަންތައް ބޮޑުކޮށްލާނެ ނިޝީއަށްވެސް އެވަރު ކޮށްލާނެ.. ކަންބޮޑުވެފައި ހުރެ އާޔަން ބުންޏެވެ. ރިލޭކްސް އާޔަން.. އަހަންނަކީ ލިލީގެ ބޭބީސިޓަރ.. އެހެންވީމަ މީ އަހަރެންގެވެސް ކޮޓަރި.. އާޔަންތީ އަހަރެންގެ ބޭބެ ފަދަ މީހެއް.. އަސްލު ވަރަށް ދެރަވޭ އާޔަން އާއި ދޭތެރެ މިގޭ މީހުން ކަންތައް ކުރާގޮތުން.. ހިތަށް އަރާ އާޔަން ކަހަލަ ކިޔަވައިގެން ހުރި މޮޅު ޒުވާނެއް ގެއެއްގަ ނޯކިރީކަން ކުރަނީ ކީއްވެބާއޭ.. އާޔަން ގޮވައިގެން ގޮސް ސޯފާގައި އިށީންނަމުން ނިޝީ ބުނެލިއެވެ.
12 އޭޒް ޔޫޒުއަލް.. ތު ސުވާލުގެ ޖަވާބު ދެވޭކަށް ނެތް.. ވަގުތު އައިސް ޖެހުނީމަ ނިޝީއަށްވެސް ހުރިހާ އެއްޗެއް އެނގޭނެ.. ހިނދިރުވާލަމުން އާޔަން ބުންޏެވެ. ވާހަކައެއް އަހާލަންތަ.. އާޔަން މީހަކާ އިންނާކަށްވެސް ނުވިސްނަންތަ.. ނިޝީ ކޮށްލި ސުވާލު އާޔަންގެ މޫނުމަތީގެ ކުލައޮއްސިގެން ދިޔައެވެ. ނަމަވެސް ދެވަނަ ސކިންތުގައި ލާނެތް ގޮތަކަށް ހިނިތުންވެލިއެވެ.
13 ކިހިނެއްވީ.. އަހަރެން އިންނާނެ ކުއްޖަކު ހޯދަދޭންތަ ނިޝީ ތިއުޅެނީ.. އާޔަންގެ ޖަވާބުން ނިޝީ އާޔަންއަށް ލޯއަޅާލަމުން ކޮނޑުގައި ބާރަކަށް ޖަހާލިއެވެ. ދެން އަސްލަށް ބުނެބާ.. އާޔަން ލޯބިވާ ކުއްޖަކުވެސް ނުހުރޭތަ.. އަނެއްކާވެސް ނިޝީ އަހާލިއެވެ. އަހަރެންގެ ގިނަ ކަންތައްތައް ނިޝީއަކަށް ނޭނގޭނެ.. އެކަމަކު ތިސުވާލުގެ ޖަވާބު ދޭހިތްވެއްޖެ. އާޔަން ބުނެލިއެވެ. ވީ އުފަލުން ނިޝީ އެކަމަށް ޝައުޤގުވެރިވާގޮތް ދައްކާލިއެވެ.
14 އަހަރެން ވަރަށް ލޯބިވާ ކުއްޖަކު ހުރޭ.. އެކަމަކު ނޭނގެ މިހާރު އޭނަވީ ތަނެއްވެސް.. ފަސް އަހަރުވީ އެއްވެސް ވަރަކަށް އޭނަ ލޮލަށް ނުފެންނަތާ.. އޭނަ ކޮންމެ ތާކު ހުއްޓަސް އަހަރެންގެ ދުއާ އަކީ އޭނަ އުފަލުގައި ލެހެއްޓެވުން ﷲ ތަޢާލާ އިރާދަކުރެއްވިއްޔާ އަދި ކޮންމެސް ދުވަހަކުން އަހރުމެން ބައްދަލުވާނެ.. އާޔަން ކިޔައިދިން އިރު އެއަޑުގައިވި ހިތްދަތިކަން ނިޝީއަށް އިހުސާސް ވަމުން ދިޔައެވެ.
15 އެކުއްޖާ އާޔަން ދެކެ ލޯބިވޭތަ.. ނިޝީއަށް އަހާލެވުނެވެ. އާނ.. އޭރު އޭނަ އަހަރެން ދެކެ ވަރަށް ލޯބިވި.. އޭނަ ހިތްހަލާކު ކޮށްލާފައި އޭނާ ދޫކޮށްފައި އަހަރެން އައީ އޭނަ ދޫކޮށް ނުދިއުމަށް އަހަރެން ކައިރީގައި ކުރި އާދޭސްތަކުގައި ކޮޅުފައިން ޖަހާފައި. ދެލޯ ފެންކަޅިވާން ފެށުމުން އާޔަން އިސްޖަހާލައި އިނގިލިން ދެލޯ ފޮހެލިއެވެ. އެކަމަކު ކީއްވެ އެހެން ހެދީ އަނެއްކާވެސް ނިޝީއަށް ކޮށްލެވުނީ ސުވާލެކެވެ.
16 މިހާރު ނާޝިދު އަންނާނެ.. އިރުކޮޅަކުން އަޒީދުވެސް އަންނާނެ ލިލީ ގޮވައިގެން އަހަރެން މިދަނީ.. ދެން ފަހުން ދޯ ވާހަކަ ދައްކާނީ މިހެން ބުނެ އާޔަން އަވަހަށް އެކޮޓަރިން ނިކުތެވެ. ނިޝީގެ ސުވާލުތައް ގިނަވެ އެސުވާލުތަކަށް ޖަވާބުދޭން އުނދަގުވެދާނެތީއެވެ.
17 ނިޝީއަށް ވަރަށް ފުންކޮށް އާޔަން އާއި މެދު ވިސްނާލެވުނެވެ. މީގެ ތިން އަހަރުކުރިން އެންމެ ފުރަތަމަ ނިޝީ އެގެއަށް އައި އިރުވެސް އާޔަން އެގޭގައި ނޯކަރެއްގެ ގޮތުގައި އުޅެއެވެ. އޭރުވެސް އެގޭ މީހުން އާޔަންއާއި ދޭތެރޭ ކަންތައްކުރާގޮތުން ނިޝީ ދެރަވެއެވެ. އެންމެ ފުރަތަމަ ނިޝީއާއި އާޔަންއާއި ވާހަކަދައްކަން ފެށުނީ އެއްދުވަހު ސިޓިންގްރޫމްގައި ފިލާވަޅެއް ހަދަން ނޭނގިގެން އުޅުނު ދުވަހެއްގައި އެފިލާވަޅު ހަދަން އާޔަން އެހީތެރިވި ދުވަހުން ފެށިގެންނެވެ. އާޔަންއަކީ ކިޔަވައިގެން ހުރި މޮޅު ޒުވާނެއްކަން އެދުވަހު ނިޝީއަށް އެނގުނެވެ.
18 އާޔަން ގުޅުން ބަދަހިވީ ވަރަކަށް އޭނަގެ ހަޔާތުގައި ފޮރުވިފައިވާ އެތަކެއް ސިއްރެއްވާކަން ނިޝީއަށް އެނގިގެން ދިޔައެވެ. ވޭތުވެ ދިޔަ އެތިން އަހަރުގައި އާޔަންގެ އެސިއްރުތައް ހޯދަން ކުރި ހުރިހާ ސައްކަތެއްވަނީ ނާކާމިޔާބު ވެފައެވެ. މިއަދު އާޔަން ދެއްކި ވާހަކަތަކުން އަނެއްކާވެސް އިތުރުވީ ޖަވާބު ހޯދަން ބޭނުންވާ ސުވާލުތަކެކެވެ.
19 ލިލީގެ ކޮޓަރިން ނިކުމެގެން ސަރވަންޓް ކޯނަރ ގައި ހުންނަ އޭނާގެ ކޮޓަރިއާއި ހަމައަށް ދެވެންދެންވެސް އާޔަންއަށް އުނދަގު ކުރަމުން ދިޔައީ އެއަންހެންކުއްޖާގެ ހަނދާންތަކެވެ. ފަސް އަހަރު ކުރީގެ އެހަނދާންތަކަކީ އެންމެ ހިނދުކޮޅަކަށްވެސް އާޔަން ހަނދާނުން ނުފޮހެވޭ ހަނދާން ތަކެކެވެ. އެހަނދާންތަކުން ހަމަޖެހުން ގެއްލިފައިވާ އާޔަންގެ ހިތަށް ހިތްހަމަޖެހުން ގެނެސްދެއެވެ. އެއަންހެން ކުއްޖާ ނުފެނި ކިތަންމެ ގިނަ ދުވަހެއް ވެފައި ވި ނަމަވެސް އެކުއްޖާއަށްޓަކައި ހިތުގައި އުފެދިފައިވާ ލޯތްބަށް ކުޑަވެސް ބަދަލެއް ނާދެއެވެ. އޮފީހުގައި އުޅެފައި ނާޝިދުއަށް ގެއަށް އައިސް ވަދެވުނީ ރޭގަނޑު ދިހައެއް ޖަހަން ކައިރިވެފައި ވަނިކޮށެވެ. ސޯފާގައި ފިލްމެއް ބަލަން އިން ޝާކިރާއަށް ނާޝިދު ފެނުމުން ހިނިތުންވެލިއެވެ. ނަމަވެސް ނާޝިދުގެ މޫނުމަތިން ފެންނަމުން ދިޔައީ ކަންބޮޑުވުމުގެ އަސަރުތަކެވެ. މިތަންފެނި ޝަކިރާގެ ތުންފަތްމަތީގައިވާ ހިނިތުންވުންވެސް ފިލައިގެން ދިޔައެވެ. އަތުގައި އޮތް ދަބަހާއި ކޯޓު ކޮފީ މޭޒުމަތީގައި ބެހެއްޓުމަށްފަހު ނާޝިދު ޝަކިރާ ކައިރީގައި އިށީނެވެ.
20 ނާޝިދު ކިހިނެއްވީ.. ކަމެއް ގޯސްވީތަ.. ޝާކިރާ އަހާލިއެވެ. ބަލަ ބަލާ އިންދާ ނާޝިދުގެ ދެލޯ ފެންކަޅިވިތަން ފެނުމުން ޝާކިރާގެ ހިތުގެ ހިނގުން އަވަސްވެލިއެވެ. ނައިރާ. ކުރަކިވެފައިވާ އަޑަކުން ނާޝިދުއަށް ބުނެވުނެވެ. ހައަހަރަށް ފަހު ނާޝިދުގެ ދުލުން ނައިރާގެ ނަން އިވުމުން ޝާކިރާއަށް ހީވީ މެޔަށް ފިނިފެން އެއްޗެއް އޮއްސާލިހެންނެވެ. އެހެނީ އެގޭތެރޭގައި ނައިރާގެ ނަން ކިޔުން މަނާކުރީވެސް ހުދު ނާޝިދެވެ. އެހެންނަމަވެސް މިއަދު ނާޝިދުގެ ދުލުން އެނަން އަޑު އިވުމުން ޝާކިރާގެ މޭތެރޭގައިވާ މައިވަންތަކަމުގެ އިހުސާސް ހޭލައިގަތެވެ.
21 ކިހިނެއްވީ މަގޭ ދަރިއަށް ބޭއިޙްތިޔާރުގައި ޝާކިރާއަށް ބުނެވުނެވެ. ނައިރާ މިރޭ އިރާކޮޅު ގުޅި ނާޝިދަށް ކުރިއަށް ގެންދަން އުނދަގުވިއެވެ. ކޮބާ އަހަރެންގެ ނަންނި ޝާކިރާއަށް ރޮއެ ގަނެވުނެވެ. ޝާކިރާ.. އަހަރުމެންގެ ނަންނި އުޅެނީ ވަރަށް ހާލުގަ ރޮއެ ރޮއެފަ މާފަށް އެދުނީ އަހަރުމެން ކައިރިއަށް އެނބުރި އަންނަން ބޭނުންވާ ވާހަކަ ބުނީ ޝާކިރާ!! އަހަރެން ވަރަށް މަސައްކަތް ކުރިން ނައިރާ އާއި ވާހަކަ ނުދައްކަން.. އެކަމަކު އަހަންނަކަށް ނުހުރެވުނު.. އެހާ ދުވަސް ފަހުން ނައިރާގެ އޑު ޖެހުމުން އަހަރެންނަށް ހާދަ ހިތްހަމަޖެހުމެއް ލިބުނޭ ވާހަކަ ދައްކަމުން ދިޔައިރު ހަމަރަނގަޅަށްވެސް ނާޝިދަށް ރޮވިއްޖެއެވެ.
22 އެމަންޖެ ބުނީ ފިރިމީހާ ވަރިކޮށްލާފަ އެހެން އަންހެނެއް ފެނިގެން ހިނގައްޖޭ ނަންނި މިވަގުތު ހުރީ މެލޭޝިޔާގަ އޭނާގެ ރަހުމަތްތެރިއެއްގެ ގޭގަ ނާޝިދު އިތުރަށް ކިޔައިދިނެވެ. ކޮންފަދަ ނުބައި ފިރިހެނެއް.. އޭރުވެސް އަހަރުމެން ކިހާވަރަކަށް ނައިރާ ކައިރީގަ ބުނިން ތާކުން މީހަކު ފެންނަ އިރަށް ނީންނާށޭ.. އަހަރުމެން ބުނި ބަސްއަހައިގެން އިހުވާން އާއި އިންނަމަ މިއަދު އެހެން ނުވީސް.. ހިތްދަތި ކަމުގެ މައްޗަށް ރުޅިވެރިކަން އިޙްތިޔާރު ކުރަމުން ޝާކިރާ ބުންޏެވެ.
23 މެދިޔަކަމެއް ވެނިމުނީ އެނގޭތަ.. ނައިރާގެ ހުރޭ ހަތަރު އަހަރުގެ އަންހެންކުއްޖެއް އަހަރެންގެ ކާފަ ދަރި ބަލާލާހިތުން ހުރެވެނީއެއްނޫން.. ނައިރާ އަހަރުމެންނާ ދޭތެރޭގައި ކޮންމެ ގޮތަކަށް ކަންތައްކުރިނަމަވެސް އަހަރެން އޭނައަށް މާފުކޮށްފިން.. މިވަގުތު އޭނައަށް އަހަރުމެންގެ އެހީތެރިކަން ވަރަށް ބޭނުންވޭ.. އޭނައަށް މިހާރު ހުންނާނީ ވިސްނިފަ.. މައިންބަފައިންގެ ބަސްނާހާ ކުރާ އެއްވެސް ކަމަކުން ފައިދާއެއް ނުވާނެ ކަން މިހާރު އޭނައަށް އެނގޭނެ.. ނާޝިދު ވަރަށް ޔަގީން ކަމާއި އެކު ބުނެލިއެވެ.
24 ނޯޓް: ކިޔުންތެރިންގެ ސަމާލުކަމަށް؛ މި ވާހަކަ އަޅުގަނޑު ގެނެސް ދެމުން ދާނީ ތަފާތު 2 ޓައިމްލައިން އަކުން. ރޫޔާއާ އަނޫފްއާ ދެމެދުވީ ކަންތައް އަދި އެދެމީހުންގެ ވާހަކަތައް ބޮޑަށް އަންނާނީ އަނޫފް އާކާލްއަށް އެވާހަކަތައް ކިޔައިދޭއިރު.
25 ހެނަސް މާޒީއެއްގެ ގޮތުގައަށްވުރެ ބޮޑަށް އަނޫފް އަދި ރޫޔާ އެޓައިމްލައިންގައި މިހާރުވެސް ހުރި ކަހަލަ ގޮތަކަށް. ޓައިމްލައިން ތަފާތުކޮށް ވަކި ކުރެވިފައި ވާނީ ސްޓާރ ބޭނުންކޮށްގެން. ކިޔުންތެރިން ސުވާލު އުފެދިދާނެތީ ސަމާލުކަމަށް އެވާހަކަ ބުނެލަން. ވާހަކަ ކުރިޔަށް ދިޔަ ވަރަކަށް ފަސޭހަވާނެކަމަށް ހީކުރަން. އުންމީދުކުރަން ތަފާތު ގޮތަކަށް މިވާހަކަ ގެނެސް ދެވޭތޯ ބަލަމުން ދިޔަސް ހުރިހާ ކިޔުންތެރިންނަށް ކަމުދާނެކަމަށް.
26 ކޮޓަރިއަށް ވަދެ މޭޒުމަތީގައި ފައިލްއާއި ލިޔެކިޔުންތައް ބަހައްޓާފައި އާކާލް އައިސް އެނދަށް ވެއްޓިގަތެވެ. އޭނާ މިއަދު އަނޫފް ގާތުގައި އިތުބާރުގެ ވާހަކަ ދެއްކި އިރު އަނޫފަށް ކަމެއް ސިއްރު ކުރެވިއްޖެއެވެ. ވަރަށް ބޮޑު ކަމެއް ސިއްރުކުރެވިއްޖެއެވެ. އެހެނަސް އެކަން އިނގިއްޖެނަމަ އަނޫފްއަށް އޭނާއާ ވާހަކަ ދައްކާ ވާހަކަތައް ހިއްސާ ކުރަން އުނދަގޫވާނެއެވެ. މިދަނޑިވަޅު ވިސްނަންވީ އަނޫފް އެކަމުން ސަލާމަތްކުރަންށެވެ. މަސައްކަތް ކުރަންވީ ރޫޔާއަށް އިންސާފު ހޯދައިދޭންށެވެ. ދައްތަގެ ޙަޤީޤީ ޤާތިލުހޯދަންށެވެ. މާނޭވާލަމުން ދިޔަ އަނޫފް އިސް އުފުލާބަލާލިއެވެ. ބޮލަށް އެނބުރުން އަރާފައި ހުރުމުގެ ސަބަބުން މަންޒަރު ފުސްވަމުން ދިޔައެވެ. ފުސްވަމުން ދިޔަ މަންޒަރުގެ ތެރެއިން އޭނާއަށް ރޫޔާ ފާހަގަވިއެވެ. ރޫޔާ އޭނާގެ އެހީއަށް އެދި އާދޭސްކުރަމުން ދިޔައެވެ. ހިތްވަރުކޮށްފައި ތެދުވާން މަސައްކަތް ކުރަމުން ދިޔަ އަނޫފްގެ ކަންފަތުގައި ރޫޔާގެ ވޭނީ ރުއިމުގެ އަޑު ގުގުމާލިއެވެ. އެއާއެކު ރޫޔާއޭ ކިޔައި ހަޅޭލަވައިގަނެވުނެވެ.
27 ސިއްސައިގެން ގޮސް އަނޫފްއަށް ތެދުވެވުނެވެ. މުޅި މީހާ ވަނީ ދަލުން ފޯވެފައެވެ. ނޭވާ ހަމަޔަކަށް އަޅުވަން އޭނާ މަސައްކަތް ކުރަމުން ދިޔައެވެ. ފެނުނީ ހުވަފެނެއްކަން އެނގުމުން އޭނާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ފެންކަޅިވިއެވެ. ރޭގެ ބާކީ އޮތްބައި އަނޫފް ހޭދަކުރީ ލޮލުފިޔަ ޖެހުމެއް ނެތިއެވެ. ރޫޔާގެ ހަންދާންތަކުން އޭނާގެ ސިކުނޑި ތޮށްޖެހެމުން ދިޔައެވެ. ފަތިސް ނަމާދު ބަންގީގެ އަޑަށް އާކާލް ސިހުނެވެ. ރޭގައި ހޭލާހުރެ އޭނާ ކޭސްގެ ފައިލްތައް ބަލަމުން ދަނިކޮށް އޭނާއަށް އޮތީ މޭޒުމަތީގައި ބޯ އަޅައިގެން ނިދިފައެވެ. އަވަހަށް ތުވާލި ހިފައިގެން އޭނާ ވަނީ ފާޚާނާއަށެވެ. ފަތިހުގެ ވަގުތުގައި ކިތަންމެ ފިނި ނަމަވެސް އަބަދުވެސް ފެންވަރަން އާދަވެފައި ވުމުން އާކާލްއަކަށް ފެންވަރާކަށް އުނދަގުލެއް ނުވިއެވެ. މާގަނޑު ކައިރީ ހުއްޓި އިސްއުފުލައިގެން ހުރި އިރު އޭނާގެ ހިތަށް އެތައް ބައިވަރު ސުވާލެއް އަރާ ފައިބަމުން ދިޔައެވެ. ރޭގައި ފައިލްތައް ބަލާ، ރިޕޯރޓްތައް ދިރާސާކުރަމުން ދިޔައިރު އޭނާއަށް ފާހަގަވީ ބައެއް ކަންކަމާ މެދު ސުވާލުތައް ފުނި ޖެހެމުން ދިޔައެވެ.
28 ފެންވަރާ ތާޒާ ވެލައިގެން ނުކުމެ އާކާލް އަވަހަށް ފަތިސް ނަމާދަށް އެރިއެވެ. ނަމާދުން އަވަދިވެގެން އޭނާ ކޮޓަރިން ބޭރަށް ނުކުތެވެ. ތާރާގެ ކޮޓަރީގެ ފެންލައިޓާ ދިމާލަށް ނަޒަރު ހިންގާލިއެވެ. ނިދާބޮކީގެ ފަނޑުއަލި ފެންނަން ހުރުމުން އާކާލް މިސްރާބު ޖެހީ ބަދިގެއަށެވެ. ތާރާމެނަށްށާ އެކީގައި ވާވަރަށް ސޭންޑްވިޗް ހެދިއެވެ. އަދި ތާރާމެނަށް ވާނެވަރަށް ގޮށިދޮށަށް ލުމަށްފަހު، އޭނާ ހެނދުނުގެ ނާސްތާކުރިއެވެ. މިއަދަކީ ބޮޑު ދުވަހެކެވެ. އާކާލްއަށް ކާންވެސް ވަރަށް އުނދަގޫވިއެވެ. ނަމަވެސް ދުވަހުގެ ގޮތުން ހަކަތަވެސް ބޭނުންވެއެވެ. ރޭގައި ރަނގަޅަށް ނުނިދި ހުރުމުގެ ސަބަބުން ބޮލަށް ބަރުވެފައި ހުރުމުން އޭނާ ކޮފީއެއްވެސް ގިރާލިއެވެ. އެއްކޮނޑުގައި ދަބަހެއް އަޅުވާލައިގެން، މަޑުފެހި ކުލައިގެ އަތްދިގު ގަމީހަކާ، ކަޅުކުލައިގެ އޮފީސް ބެލްއެއް ލައިގެން ހިނގާފައި ދިޔަ އާކާލްއަށް އެތައް ބައެއްގެ ނަޒަރު ހުއްޓެމުންދިޔައެވެ. ނަމަވެސް އާކާލްގެ ވިސްނުމުގައި އެއިން އެއްވެސް ކަމެއް ނެތެވެ. އޭނާގެ މިސްރާބަކަށް ހިނގުމަކަށް ބަދަލެއް ނާދެއެވެ. އަނޫފް އައިސް އާކާލްގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނެވެ. އާކާލް ފުރަތަމަ އަޑުއަހާ ހިތްވީ އަނޫފްގެ ވާހަކައެވެ. އޭނާ ބޭނުމީ ކޭސްގެ ފައިލާއި ލިޔެކިޔުންތައް އިތުރަށް ދިރާސާކޮށްފައި އޭގެ ވާހަކަ ދައްކާށެވެ. އަނޫފް ހިންދިރުވާލިއެވެ. ވާހަކަ ފަށާނެ ހިސާބަކާ މެދު ވިސްނާލިއެވެ. އާކާލްއަށް ހުރިހާ ވާހަކައެއް ކިޔައިދޭން ޖެހޭނެއެވެ. ކިތަންމެ ކުޑަ ކަމަކީ ވެސް ކޭސްގައި އޭނާގެ ކޮޅަށް މޮޅެއް ލިބޭނެ ކަމަކަށް ވެދާނެއެވެ. އާކާލްއަށް ރޫޔާއާ އަނޫފްއާ ބައްދަލުވީ ގޮތްވެސް އިނގެން ޖެހޭނެއެވެ. އެ ހަނދާންތަކުގެ ތެރެއަށް ފީނައިގަތުމަށް އަނޫފް ފުންނޭވާއެއް ލިޔެވެ.
29 ކެމެރާ އަތަށް ލައިގެން އަނޫފް ހުރީ ހުޅުމާލޭ އަތިރިމަތި ކައިރީގައެވެ. މިއަދު އޭނާ ހުޅުމާލެ އައީ މީހަކު ފޮޓޯ ޝޫޓަކަށް ބުކް ކުރީމައެވެ. ނަމަވެސް އޭނާ އައި ފަހުން ކޮންމެވެސް ކަމެއް ދިމާވެގެން އެ މީހާއަށް ނާދެވުނީއެވެ. އަނޫފްގެ ވަޒީފާއަކީވެސް އެއީއެވެ. ކުރާހިތުން ހުސްވަޤުތު ކުރާ ކަމަކީވެސް ފޮޓޯ ނެގުމެވެ. އަމިއްލަ ކޮންޕެނީއެއްގެ މީޑިޔާ ކަވަރޭޖް ކުރުމާ، ކޮންޕެނީގއިން ބާއްވާ ހަރަކާތްތަކުގެ ފޮޓޯއާ ވީޑިޔޯ ނެގުމަށް ހަވާލުވެ ހުންނަ އެކަކީ އަނޫފްއެވެ. ހުސްވަޤުތުތަކުގައި މީހުން ބުކް ކުރުމުން ވެޑިންގް ޝޫޓާ، އެހެނިހެން ޝޫޓްތައްވެސް އޭނާ ކުރިޔަށް ގެންދެއެވެ.
30 ދެކޮޅަށް ހިނގަމުން ދުރުން ފެންނަ މޫދާއި، ގަސްގަހާ، މާޙައުލުން ފެންނަ ތަކެތީގެ ފޮޓޯ ތަފާތު ގޮތްގޮތަށް ނެގޭތޯ ބަލަން އޭނާ އުޅުނެވެ. ކުއްލިއަކަށް އަނޫފްގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ. ކެމެރާ ދުރުކޮށްލާފައި އޭނާ އެދިމާލަށް ބަލާލިއެވެ. ފިތުރޯނު ގަހެއްގެ ހިޔަލުގައި އިށީނދެ ލައިގެން އިނީ އަންހެން ކުއްޖެކެވެ. އުނގުގައި ފޮތެއް އޮތް އިރު ކަނާއަތުގައި އޮތް ފަންސޫރުން އެ ފޮތުގައި ކޮންމެވެސް އެއްޗެއް ކުރަހާ ހެން ހީވެއެވެ. އޭނާ ލައިގެން އިނީ ފައިގެ ތަނބި ކައްޓާ.
31 ހަމަޔަށް އަންނަ ވަރުގެ މަޑު ނޫކުލައިގެ އަތްދިގު ހެދުމެކެވެ. އިސްތަށިގަނޑުގައި ހުޅިއެއް ޖަހާފައިވާއިރު، ހުޅިއަށް ނުވަދެހުރި ފަން އިސްތަށިތައް، ޖެހެމުންދިޔަ ވަޔާއެކު، އޭނާގެ ދޮން ކަނދުރާމަތިން މޫނަށް ގޯނާ ކުރަމުން ދިޔައެވެ. އޭނާގެ ދޮން ދެފައިތިލަ ހާމަ ވެފައި ވާއިރު، ވެލިގަނޑުމަތީގައި ދެފައިވާން ކިބަ ބާއްވާފައި އޮތެވެ. ދޭތެރެއަކުން އޭނާ އަޅައިގެން ހުރި ނަންބަރު އައިނު ރީތިކޮށްލައެވެ. އަނޫފް ހިތަށް އެރިއެވެ. މީ ކޮންމެވެސް ތާކުން ދެކުނު ކުއްޖެއް ވައްތަރު ޖަހައެވެ.
32 ހަލަބޮލި މާޙައުލުގައި އެކި މީހުން މޫދަށް އެރެ ކުޑަކުދިންތައް ދުވެ ސަކަރާތްޖަހާ، ނޫކަށިފުރައިގެ ކުދިން ފޮޓޯ ނެގުމުގައި އަވަދިނެތި އުޅެމުންދިޔައިރު މި އަންހެން ކުއްޖާ އެކަނި މާ އެކަނި އެތާމގައި އިނދެގެން އެމަންޒަރުތައް ކުރަހަނީ ބާއެވެ؟ އަނޫފް މަޑުމަޑުން އެުއްޖާގެ ފަހަތުން ގޮތް އެހެން ގަހެއްގެ ކައިރީގައި ހުއްޓީ ކެމެރާގެ ލެންސް ޒޫމްކޮށްފައި އޭނާ އެކުރަހާ އެއްޗެއް ދެނެގަނެވޭތޯ އުޅެންފެށިއެވެ. އަނޫފް ހުރި ގޮތް ފެނއްޖެ މީހަކު ހިނި އަންނާނެއެވެ.
33 އަނޫފް ހައިރާން ވިއެވެ. އަނޫފް ހީކުރީ އެއަންހެން ކުއްޖާ ކުރަހާނީ މާޙައުލުގެ މަންޒަރުތައް ކަމަށެވެ. ނަމަވެސް އޭނާ ކުރަހަމުން ދިޔައީ ހެދުންތަކެއް ގެ ސްކެޗެކެވެ. ބަލާބެލުމަށް ހެދުމެއް ފަހާނެ ގޮތުގެ ސްކެޗެކެވެ. ކުއްލިއަކަށް އެކުއްޖާ ފަހަތް ބަލާލިހެން ހީވެގެން އަނޫފް އަވަހަށް ގަހާ ނިވާވިއެވެ. އެހެން ހުއްޓާ އަނޫފްގެ ކޮނޑުގައި މީހަކު ކޮއްޓާލުމުން އޭނާއަށް ތެޅިގަނެވުނެވެ. ފަހަތް ބަލާލިއިރު ދުލުން ކިޔުނީ ކީކޭ ކަމެއްވެސް ނޭނގެއެވެ. ހާދަ ވަރެއްތި !ސާބަސް ކަލެއަށް ކިނާން އަނޫފްއާ ދިމާލަށް މަލާމާތް ކުރަން ފެށިއެވެ. ކިނާން އަކީވެސް ފޮޓޯގްރަފަރެކެވެ. ދެމީހުން އިންސްޓަގްރާމްއިން ދިމާވެ ވަރަށް އެކުވެރި ވެވިއްޖެއެވެ. އޭގެ ފަހުން ‘ކޮލެބް’ކޮށް ދެތިން ޝޫޓެއް ދެމީހުން އެކީގައިކޮށް އެކުވެރިކަން ބަދަހިވެސް ކުރެވިއްޖެއެވެ. ދޭތެރެއަކުން އެއްޗެއް ކާލަން ނުވަތަ ކޮފީއަކަށް ދެމީހުން އެއްކޮން ދެއެވެ. ހަހަ މިތާ ކީއްކުރަނީ؟ ޝޫޓެއް ނިންމާލީ؟ ކިނާން އަނޫފްގެ ކޮނޑަށް އަތްވައްޓާލިއެވެ. ޝޫޓަކަށް އައީ. އެކަމް ކްލައިންޓް ކޮންމެވެސް ކަމެއް ދިމާވެގެން ޝޫޓް ކެންސަލް ކުރީ މިއަދު. އެހެންވެދެން މިހެން ހޭކިލަނީ. ކަލޭ ޝޫޓަކަށް އައިސް؟ އަނޫފް ޖަވާބުދިނެވެ. މަ މިއައީ ޝޫޓެއް ޖައްސާފަ އަދި އެހެން ޝޫޓަކަށް. ހިނގާމަށާއެކު. ކިނާން ހިނގައިގަތީ އަނޫފް ގޮވައިގެން ކުރިއަށެވެ. ކިނާންއާ އަނޫފްއާ ފެނުމުން، އެއްކަލަ އަންހެން ކުއްޖާ ތެދުވެ ހެދުމުން ވެލި ފޮޅާލިއެވެ. އައިނު ނަގާފައި ގަސް ކައިރީގައި އޮތް ދަބަހަށް ލިޔެވެ. އޭނާގެ ބޮޑު ދެލޯ އަމާޒުވެފައި ވަނީ ސީދާ އަނޫފްގެ ދެލޮލަށެވެ.
34 ރޫޔާ؟ ހެއި ލައްބަ. ހެއި. އެކުއްޖާގެ އަންހެން ވަންތަ އަޑުން ޖަވާބު ދިނެވެ. ރޫޔާ މީ ކިނާން. މީވެސް ފޮޓޯގްރަފަރއެއް އެންޑް މައި ފްރެންޑެއް. ހޯޕް ޔޫ ޑޯންޓް މައިންޑް އިފް ހީ ޖޮއިންސް. ކިނާން އެހެން ބުނުމުން އަނޫފް އަވަހަށް އެކަމުން މަނާވެ ގަންނަން އުޅުނެވެ. ނޯ ނޮޓް އެޓް އޯލް އިޓްސް އޯކޭ އެކުއްޖާ މަޑުމައިތިރި ކަމާއެކު އެހެން ބުނެފައި ހީލިއެވެ. ތުންފަތުގައި މަޑުމަޑު ރަތްކުލައަކުން ފަވާލެވިފައިވުން ފިޔަވައި އިތުރު މޭކަޕެއް ނުވާ އެމޫނަށް ބަލަން އެތައް އިރަކު ހުރެވޭނެއެވެ. ހީލުމުން ކޮލަށް އެޅުނު އަޑިކޮޅާއެކު އެމޫނަށް އިތުރު ފުރިހަމަ ކަމެއް ގެނެސް ދެއެވެ. އަނޫފްއަށް ރޫޔާގެ ނަން ހިތާހިތުން ކިޔާލެވުނެވެ.
35 ރެޑީ؟ ޖަސްޓް އަ މިނެޓް ރޫޔާ ވޫލު ކޮޅު ނައްޓާލާ އޭނާގެ ފަން އިސްތަށިގަނޑު ނިއުޅުވާލުމުން، ޖެހެމުން ދިޔަ ވައިގެ ތެރޭގައި ވިހުރި ގަތެވެ. އާޝޯހުވެފައި ހުރެ އަނޫފް ކިނާންއާ ރޫޔާގެ ފަހަތުން ރާޅު ޖަހާ ހިސާބު ގޮނޑުދޮށަށް ދިޔައެވެ.
36 ފޮޓޮއަކަށް ފަހު ފޮޓޮއެއް ނަގަމުން ކިނާން ދިޔަ އިރު ރޫޔާގެ ހަރަކާތްތަކަށް ކަޅި ޖަހާނުލައި ބަލަހައްޓައިގެން އަނޫފްއަށް ހުރެވުނެވެ. އެސްފިޔަ ޖެހުމެއް ނޭވާލުމެއްވެސް ނެތް ކަހަލައެވެ. އަނޫފްގެ ނަޒަރުން ރޫޔާ ވަކިނުވެޔެވެ. ރޫޔާގެ ދޮން ފައިތިލާގައި ބޮސްދެމުން ދިޔަ ރާޅުތަކަށް ބަލަން ހިނިތުންވެލައިގެން ހުއްޓާ އަނޫފްވެސް ‘ސިއްރު ޝޮޓެއް’ ނަގާލިއެވެ. އެއްވެސް ބުރަ މަސައްކަތާ ނުލައި، ރޫޔާ ކޮންމެ ގޮތަކަށް ހުއްޓުނަސް ހަމަ ވަރަށް ފުރިހަމައެވެ. ރޫޔާގެ ފޮޓޯ ޝޫޓް ނިންމާފައި ކިނާންގެ އެދުމުގެ މަތިން އަނޫފްއާ ކިނާންއާ ދިޔައީ ކޮފީއެއް ބޯލާށެވެ. ކޮފީ ނިމިގެން ކިނާން ހުޅުމާލޭގައި މަޑުކުރުމުން އަނޫފް މާލެދާން ބަސް ސްޓޮޕްއަށް ދިޔައީ އެކަންޏެވެ.
37 ބަހަށް އެރި އިރު މުޅި ބަސް އެއްކޮން ކަހަލަ ގޮތަކަށް އޮތީ ފުރިފައެވެ. ހުސްގޮނޑިއެއް ފެނޭތޯ ދެލޯއުކަމުން އަނޫފް މައްޗަށް އެރި އިރު ފެނުނީ އެންމެ ހުސްގޮނޑިއެވެ. އެގޮނޑިއާ ޖެހިގެން ހުރި ގޮނޑީގައި އިނީ ރޫޔާއެވެ. އޭނާގެ އަތުގައި އެއްކަލަ ފޮތް އޮތެވެ. ރޫޔާ އިސް އުފުލާލި ވަގުތު އަނޫފް ފެނުމުން ހިނިތުންވެލިއެވެ. އަނޫފްވެސް ހީލާފައި ގޮސް ރޫޔާ ގާތުގައި ހުރި ގޮނޑީގައި އިށީނެވެ. ބަސް ނައްޓާލި އިރުވެސް ދެމީހުން ކުރެ އެކަކުވެސް އަނގައިން ބަހެއް ނުބުނެއެވެ.
38 އެންމެ ފަހުން ބްރިޖާ ހަމަޔަށް ދެވުންފަހުން އަނޫފް ވަރަށް ހިތްވަރު ކޮށްފައި ވާހަކަދެއްކިއެވެ. އާރޓިސްޓް އެއްތަ؟ ރޫޔާ ސިހިފައި ބަލާލިއެވެ. ދެވަނަ ސިކުންތުގައި ހީލާފައި ޖަވާބުދިނެވެ. ނޫންހަހަ އަހަރެން މޮޑެލް ކުރަނީ އަނެއްހެން. ބްރޭންޑްތަކަށްށާ، އެކަހަލަ ގޮތްގޮތަށް. ކޯސްއެއްވެސް ފަށަން މިއުޅެނީ މުޅިން ތަފާތު ދާއިރާއަކުން. އެކަމު އަސްލުގަ ވާހިތްވަނީ ފެޝަން ޑިޒައިނަރަކަށް. އަނޫފް.ތީ ހަމަ ފުލް ޓައިމް ފޮޓޯގްރަފަރެއް..؟ ރޫޔާވެސް ލަދުކަނޑާލާފައި ވާހަކަ ދެއްކިއެވެ. އާން ވޯރކް ކުރަނީ ޕްރައިވެޓް ކޮމްޕެނީއެއްގަ. އިވެންޓްސްތަކާ އެއްޗެހި ކަވަރ ކޮށް ހަދަން. ދެން ހޮބީއަކަށްވެސް ކުރަނީ މިކަން ހަހަ ފްރީ ގަޑީގަވެސް ޝޫޓްސް ގިނަފަހަރަށް.. ދެން މިއަންނަ މަހު އިންޓޭކްގަ ކޯސްއެއް ފަށަން މިއުޅެނީ މި ދާއިރާއިން. އަނޫފް ޖަވާބު ދިނުމަށްފަހު އަނެއްކާވެސް ސުވާލުކޮށްލިއެވެ. އިންސްޓަގްރާމްގަ އުޅެން؟ ރޫޔާ އޭނާގެ އިންސްޓަގްރާމް ‘ޔޫޒަރނޭމް’ އަނޫފްއާ ހިއްސާކުރިއެވެ. އަނޫފްވެސް ރޫޔާއަށް އޭނާގެ އިންސްޓަގްރާމް އައިޑީ ދީ ދެމީހުން އެކަކު އަނެކަކަށް ‘ފޮލޯ’ ކުރިއެވެ.
39 ވިލާކޮލެޖް ކައިރި ބަސް ސްޓޮޕަށް ބަސް ހުއްޓުމުން ރޫޔާ އަނޫފްއާ ރޫޔާވެސް ތެދުވިއެވެ. ދެމީހުން ބަހުން ފޭބީ ދާދި އެކު އެކީގައެވެ. އިޓް ވޯޒް ނައިސް ޓު މީޓް ޔޫ. އައި ވުޑް ލަވް ޓު ކެރީ އައުޓް އަ ޝޫޓް ވިތް ޔޫ ސަމްޓައިމް. އިފް ޔޫ އާރ އޯކޭ އަނޫފް ރޫޔާ ގާތުގައި ބުނެލިއެވެ. ނައިސް ޓު މީޓް ޔޫ ޓޫ. ދެޓް ވުޑް ބީ ނައިސް، ޔެސް، ތޭންކްސް. ރޫޔާ ހިނިތުންވެލިއެވެ. މަގުގެ އަނެއް ފަޅީގައި ސައިކަލެއް މަތީގައި އެއިނީ ބައްޕަ ބަލައި އައިސްއޭ ބުނެ ރޫޔާ އަނޫފްއަށް ހަނާ އަޅާލާފައި ދިޔައެވެ. އަނޫފް ވެސް ހަނާ އަޅާލިއެވެ. ރޫޔާ އޭނާގެ ބައްޕަގެ ސައިކަލް ފަހަތަށް އެރިއެވެ. އަދި ފަސްއެނބުރި ބަލާލިއިރު އަނޫފް ބަލަހައްޓައިގެން ހުރުމުން ރަކިވިނަމަވެސް ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. ސައިކަލުގޮސް އޮބާލަންދެން އަނޫފްއަށް އެދިމާލަށް ބަލަން ހުރެވުނީ އެސްފިޔަވެސް ޖަހާ ނުލައެވެ.
40 ދެމީހުންނަށްވެސް ނޭނގުނީ ދެމީހުންގެ އެކަކު އަނެކަކާ މެދު ޝަޢުޤުވެރި ވެވުނުކަމެވެ. އެކަކު އަނެކަކަށްޓަކާ ހިތުގައި ވިންދު ޖަހަން ފެށިކަމެވެ. ދެމީހުންނަށް ނޭނގުނީ މިފުރަތަމަ ފެނިލުމަށްފަހު އެތައް ފެނިލުމެއް ކުރިއަށް އަންނަން އޮތްކަމެވެ.
41 ޕިކްނިކް ދިޔައީ ޕިންގް މެޓްރޮޕޮލިޓަން ޕާކަށެވެ. އެތަނަށް ދެވުމާއެކު ފުރަތަމަވެސް ލޮލުގައި އަޅައިގަތީ ކުލަކުލައިގެ ގުޑިތަކުން ހިސޯރުކޮށްފައި އޮތް އުޑުމައްޗެވެ. ކުޑަކުދިންނާއި ބޮޑެތިމީހުންތައް ވެސް ފޯރިއާއެކު ގުޑިއެރުވުމުގައި އުޅުނިއިރު ފަޒާ ހަލަބޮލިކޮށްލާފައި އޮތީ މީހުންގެ ހުނުމުގެ އަޑުންނެވެ. ފެހިކަން ގަދަ މާހައުލާއި މާމެލާމެލީގެ ގުލްޒާރަށް އިތުރު ދިރުމެއް ގެނެސްދެމުން ދިޔައީ މާތަކުން ފޮނިބޯން އުދުހެމުން ދިޔަ ކޮކާތަކުންނެވެ. ޕާކް ކައިރީގައި އޮތް ފަރުބަދަ ތަކުގެ ސިލްސިލާގެ ހުރަހަކަށް ވެފައިވަނީ އެދެމެދުގައި އޮތް މާސިންގާ ކޯރެވެ. ބަލާލާ ކޮންމެ ދިމާލަމުން ވެސް ފެނިގެންދަނީ ޤުދުރުތުގެ ރީތިކަމެވެ. މި ހިތްގައިމު މާހައުލުގައި މުޅި ދުވަސް ފޫހިކަމެއް ނެތި ހޭދަކުރެވިދާނެއެވެ.
42 ޕިކްނިކް ބާސްކެޓްތައް ފަތުރާލަމުން އެންމެން ވެސް ހަމަޖެހިލައިފިއެވެ. މުޅި ތަނަށް ހިޔާ ދީފައި އޮތްއިރު ހޭލަމޭލަވަމުން ދިޔަ މީހުންތަކާއި ކުޑަކުދިންގެ ހުނުމުގެ އަޑު ސިކުންތުކޮޅަކަށް ވެސް ކެނޑިގެން ނުދެއެވެ. ހާދަ ރީތި ތަނެކޭ. ފުޅާ ހިނިތުންވުމަކާއެކު އީނާ ބުންޏެވެ. އޭނަ ބޭނުންވީ އަލްޔަސްއާއެކު އެތާންގައި ހިނގާލަން ދާށެވެ. ބަލާބަލާ ފޫހިނުވެއެވެ.
43 ރޫޔާ އުޅުނީ ފޮޓޯ ނެގުމުގައެވެ. ހިތް ފުރެންދެން ނަޒްޔަކްގެ ފޮޓޯތައް ނަގާ ނިންމާލަމުން ދެން އޭނަ އަވަސް ވެގަތީ ފަރުބަދަތަކާ ނިވާވަމުން ދިޔަ އިރުގެ ރީތި މަންޒަރުތަކުގެ ފޮޓޯތައް ނެގުމަށެވެ. އެތައް އިރެއްވަންދެން ހުޅުރޯވަމުން ދިޔަ އުދަރެސްމައްޗަށް ބަލަހައްޓައިގެން ރޫޔާއަށް ހުރެވުނެވެ. ހުވަފެނެއްގައި އުޅެވޭހެން ވެސް ހީވެއެވެ. މިފަދަ ރީތި މާހައުލެއްގައި ލޯބިވެރިޔާއާއެކު ވަގުތު ހޭދަކުރެވޭނެނަމަ އެވަގުތުތައް އިތުރަށް ފުރިހަމަވީހޭ ރޫޔާގެ ހިތަށް އެރިއެވެ. ރޫޔާގެ އެ އިންތިޒާރަށް ނިމުން ވެސް އައެވެ. ފަހަތުން ނަޒްޔަކް ގޮވާލި އަޑު އިވުމުން ސިއްސައިގެން ދިޔުމުގެ ބަދަލުގައި އެތުންފަތް މައްޗަށް ވެރިވެގެން ދިޔައީ ލުއި ހިނިތުންވުމެކެވެ. އޭނަގެ ހިތުގެ ގޮވުންތައް ފުރިހަމަވެގެން ދިޔައީއެވެ.
44 ރޫ. ލަވަބައިޒުބާތީ ކުޅެން އަންނާށޯ. ނަޒްޔަކް އައިސް ރޫޔާއާ އަރާހަމަކޮށްލަމުން ބުންޏެވެ. ވަރަށް ރީތި ދޯ؟. ހުވަފެނީ ރާގަކަށް ރޫޔާ ބުންޏެވެ. އޭރު އުޑުގައި ކުރަހާލެވިފައި ވާ ކުރެހުންތަކުގެ ހިޔަނިތައް ފެންގަނޑުގެ ތެރޭގައި ނަށަމުން ދިޔައެވެ. ހޫމްމް، ރޫ ވެސް އެހާ ރީތި. އޮރެންޖް ކުލައިގެ ދަޅަތައް އެޅިފައިވާ ރޫޔާގެ މޫނަށް ބަލަން ހުރެ ނަޒްޔަކް ބުންޏެވެ. ނަޒްޔަކްގެ ފަރާތުން ލިބުނު ތަޢުރީފުގެ ބަސްތަކާއެކު ރޫޔާގެ ހިތް ނަށާލައިފިއެވެ. ރޫޔާ އިސްއުފުލާލި ވަގުތު ދެޒުވާނުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔައެވެ. ރޫޔާގެ ހިތް އިންތިހާއަށް އަވަސްވެގެން ދިޔައީ ނަޒްޔަކްގެ ލޮލުން ފެނުނު ޝުޢޫރުތަކުގެ ސަބަބުންވެ. އޭގެ މާނަ ފަސޭހަކަމާއެކު އޭނަ ދެނެގެންފިއެވެ. އަތްފައި ފިނިވެގެން ދިޔައީވެސް އެހެންވީމައެވެ. ދުނިޔޭގެ ހުރިހާ ކަމެއްމަތިން ހަނދާން ނެތިގެން ދިޔައެވެ.
45 ތޭންކްސް. ރޫޔާ ބުންޏެވެ. ހަށިގަނޑަށް ފިނިކަމެއް އިހުސާސް ވެގެން ދިޔައެވެ. މުޅި މީހާއަށް އަންނަން ފެށި ބަދަލުތަކަކީ މީގެކުރިން އޭނައަށް ތަޖުރިބާކުރެވިފައިވާ ބަދަލުތަކެއް ނޫނެވެ. އެއާއެކު ރޫޔާ ހާސްވާ ގޮތް ވެސް ވިއެވެ. ޒަލަފްއާ ރައްޓެހިވެގެން އުޅުނުއިރުވެސް މިފަދަ ބަދަލުތަކެއް ނާދެއެވެ. ނަޒްޔަކްގެ ދެލޮލަށް ބަލާލެވުމުން މާޒީމަތިން ހަނދާން ނެތި،ހިތް ބަންޑުންވެގެންދާ އިހުސާސްތަކަށް ދޭނެ ނަމެއް އޭނަ އަކަށް ނޭގެއެވެ. އެނގޭހާ ވެސް އެއްޗަކީ މިމަދު ދުވަސްކޮޅުގެ ތެރޭގައި ނަޒްޔަކް ދެކެ ލޯބިވެވިއްޖެކަމެވެ.
46 އެންޑް އިން ހާރ ސްމައިލް އައި ސީ ސަމްތިންގް މޯރ ބިއުޓިފުލް ދޭން ސްޓާރސް. ނަޒްޔަކް ފުންނޭވާއެއް ދޫކޮށްލަމުން ބުނެލި ޖުމްލަ ރޫޔާގެ ކަންފަތުގައި ގުގުމާލައިފިއެވެ. ސާފު ޢިބާރާތުން ލޯބިވާކަން ހާމަކުރުމުގެ ބަދަލުގައި ނަޒްޔަކް ހިޔާރު ކުރި މަގު ރޫޔާއަށް ވަރަށް ބޮޑަށް ކަމުދިޔައެވެ. އެދުލުން އޮހޭ ބަސްތަކުން ހުވަފެނީ ދުނިޔެއެއްގައި އުޅޭވޭ ފަދައެވެ. ބިރުގަންނަނީ ލޯ ހުޅުވައިލުމުން ފެންނަ މަންޒަރުތަކާއި އިވޭ އަޑުތައް ބިލާހަކަށް ވެދާނެތީއެވެ. ހިތުގައި ވިކާލަމުން ދަނީ އެބިރުވެރިކަމެވެ. އެދުވަހަކުން ހިތުގެ ޒަހަމްތައް އިތުރަށް ފުންވެގެން ދާނެކަން ޔަޤީނެވެ. މަޑުމަޑުން ގެނބެން ފެށި ޚިޔާލުތަކާއެކު ރޫޔާގެ މޫނުމަތިން އުފާވެރިކަން މިލައިގެން ދާން ފެށި މަންޒަރު ފެނި ނަޒްޔަކްއަށް އެއަތުގައި ހިފާލެވުނެވެ.
47 ރޫ ނަޒްޔަކް ގޮވާލިއެވެ. ރޫޔާ ހުރީ ނޭވާ ހިފަހައްޓާލައިގެންނެވެ. ހިތުގެ ތެޅުން އަވަސް ވެއްޖެއެވެ. މީ ހުވަފެނެއް ނޫންކަން ވެސް ޔަޤީންވެއްޖެއެވެ. ރޫޔާ ނަޒްޔަކްގެ މޫނަށް ފުންނަޒަރެއް ހިންގާލިއެވެ. ނަޒްޔަކް އެއްޗެއް ބުނަން އުޅޭހެން ހީވިއެވެ. އެއާއެކު ރޫޔާގެ އިންތިޒާރު ދިގުލަން ފެށިއެވެ.
48 އަހަންނަކަށް ނޭގޭ މިވާހަކަ ބުނާނެގޮތެއް، ހިތަށް އަރަނީ ރޫ ރުޅިއައިސްދާނެއޭ. އެހެންވެއްޖެއްޔާ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ގެއްލިދާނެ، އެކަމަކު މިވާހަކަ ނުބުނެ ލަސްވެއްޖެއްޔާ އަބަދުގެ އަބަދަށް ރޫ ގެއްލިދާނެކަމުގެ ބިރުވެސް ހިތުގައި ވޭ. އިނގޭ ދެމީހުން ބައްދަލުވިތާ ގިނަ ދުވަސްތަކެއް ނުވާކަން، އެކަމަކު ނަޒްޔަކް އެހިސާބަށް ވާހަކަ ގެނެސް ފުން ނޭވާއެއް ލިޔެވެ. ހިތުގެ ގޮވުންތަކަށް އިޖާބަ ދޭން ފަސްޖެހެވުނެވެ. ނަމަވެސް ރޫޔާގެ ފަރާތުން ލިބެމުން ދިޔަ ފެހި ސިގްނަލްތަކާއެކު ލޯބިވާކަން ހާމަކުރަން ނަޒްޔަކްއަށް އިތުރު ހިތްވަރެއް ލިބިގެން ދިޔައެވެ.
49 އައި ނޯ ރޫގެ ޕާސްޓް މަތިން ހަނދާން ނައްތާލަން އުނދަގޫވާނެކަން، އެކަމަށް ވަގުތު ނަގާނެކަން ވެސް އިނޭ ބަޓް އައި ކޭން ހެލްޕް ޔޫ އަހަރެން ބޭނުން ރޫ އަބަދު ހިނިތުންވެފައި ހުންތަން ދެކެން. އަހަރެން ވަރަށް ބޮޑަށް ލޯބި ވޭ ރޫ ދެކެ. ނަޒްޔަކް ބުނެލި ޖުމްލައާއެކު ރޫޔާގެ ލޮލުން ހިލިގެން ދިޔައީ އުފާވެރިކަމުގެ ކަރުނައެވެ. އެ ލަފްޒުތައް އަޑުއަހަން ކަންފަތް ބޭޤަރާރުވެފައިވާތާ ހާދަ ގިނަ އިރުވެއްޖެއެވެ! ލިބުނު އުފަލާއެކު ރޫޔާއަށް ހުރެވުނީ ހަރަކާތެއް ވެސް ގެންނަން ނޭގިފައެވެ. މުޅި ހަށިގަނޑުގައި ދައުރުކޮށްލީ އުފާވެރިކަމުގެ ބާނީތަކެކެވެ.
50 އެވްރީތިންގް ހެޕެންޑް ސޯ ފާސްޓް. ނަޒްޔަކް ވާހަކަ ކުރިއަށް ގެންދިޔައެވެ. ވަގުތީ މެހުމާނަކަށް ވިޔަސް އަހަރެން ރޫއަށް ހުރިހާ އުފަލެއް ހޯދައިދޭނަން.. ނަޒްޔަކް ރޫޔާގެ ލޮލުން ފޭދުނު ކަރުނަތައް ފޮހެލަ ދިނެވެ. އަދި އޭނަގެ ބަލި ހާލަތު ރޫޔާއަށް އަންގައިދިނެވެ. ރޫޔާ އެވާހަކަތައް އަޑުއަހަން ހުރީ ބުދެއްހެން ހުއްޓުން އަރާފައެވެ.
51 އެއްވެސް އިންސާނަކަށް އެމީހަކު ދުނިޔޭގައި ހުންނާނެ ދުވަސްތަކުގެ އަދަދެއް ނޭގޭނެ. ނިކްގެ އުމުރު އަހަރެންގެ އުމުރަށް ވުރެ ވެސް ދިގުވެދާނެ.. ނޯވަން ނޯސް.. އައި ޑޯންޓް ކެއާރ އިފް ޔޫ އާރ ސިކް، އަހަރެން ވާ ލޯތްބަށް ދުވަހަކުވެސް އުނިކަމެއް ނާންނާނެ، އައި ލަވް ޔޫ ނިކް ރޫޔާ ނަޒްޔަކްގެ ހަށިގަނޑުގައި ބައްދާލަމުން ބުންޏެވެ. އެހިތުގައިވި ލޯބި އިތުރަށް ފުންވެގެން ހިނގައްޖެއެވެ. ނަޒްޔަކްގެ ހިތުގެ ތެޅުން އިހްސާސް ކުރެވުމުން ރޫޔާއަށް ދެލޯމަރާލެވުނެވެ. އޭނަ ނަޒްޔަކް ދެކެ ވާ ލޯތްބަށް ދުވަހަކު އުނިކަމެއް ނާންނާނެއެވެ. ފާއިތުވެގެން ދާ ކޮންމެ ދުވަހަކާއެކު އެލޯބި ދާނީ އިތުރަށް ފުންވަމުންނެވެ. މިއަދު ހަޤީޤީ ލޯތްބަކީ ކޯޗެއްކަން އޭނައަށް އިހުސާސް ކުރެވިއްޖެއެވެ.
52 އޯ މައި ގޯޑް، ފިލްމެއްގެ މަންޒަރެއްހެން ހީވަނީ.. އީނާމެން ބާރަކަށް ބުނެލި އަޑަށް ރޫޔާއާއި ނަޒްޔަކް ދިޔައީ ސިއްސައިގެންނެވެ. ރޫޔާ އަވަސް އަވަހަށް ނަޒްޔަކްއާއި ދުރަށް ޖެހިލަމުން ކަރުނަތައް ފޮހެލިއެވެ. ސޯ ރޮމޭންޓިކް، މިހުރިހާ އިރު މިކަމެއް ދޯ މިކުރަނީ؟ ބައިގަޑިއިރު ވެއްޖެޔޭ ރޫ ހޯދަން ފޮނުވިތާ.. އަލްޔަސް ވެސް ދިމާކޮށްގަތެވެ. މީހުންނަށް ސްޕައިކުރަން ވެސް ފެށީ ދޯ؟.. ނަޒްޔަކް ވެސް ދުލެއް ނުކުރިއެވެ. ތިދެމީހުން ގެއްލިގެން ހޯދަމުން ދަނިކޮށް ރެޑްކޮށްނު ބަސްޓް މިވީ، ކުރިންވެސް ޝައްކުވިއޭ، ކޮންގްރާ ބްރޯ. އަލްޔަސް ހިނިތުންވުމަކާއެކު އައިސް ނަޒްޔަކް ގައިގައި ބައްދާލިއެވެ.
53 އީނާ ވެސް ރޫޔާގެ ގައިގައި ބައްދާލިއެވެ. އުޖާލާވެފައިވާ ރޫޔާގެ މޫނު ފެނި އީނާގެ ހިތަށް ފިނިކަމެއް ލިބިގެން ހިނގައްޖެއެވެ. ގެއްލިގެން ދިޔަ ރޫޔާގެ އުފާވެރިކަން އަނބުރާ އައިސްފިއެވެ. ރޫޔާގެ ހިތާމަތަކަށް ވެސް ނިމުން އައިސްފިއެވެ. މަންމައަށް އިނގޭ ދުވަހަކުން ފެއިންޓް ވެދާނެކަން ޔަޤީން. އަލްޔަސް ބުންޏެވެ.
54 މާލެ ގޮސް އެންމެ ފުރަތަމަކަމަކަށް ވެސް ކުރާނީ ތިކަން، އަހަރެން ބޭނުން ވީހާވެސް އަވަހަކަށް ރޫ އަހަރެންގެ މީހަކަށް ހަދަން. ރޫޔާގެ މަޑު އަތްތިލައިގައި ހިފަމުން ނަޒްޔަކް ބުންޏެވެ. އެއީ ރޫޔާ ވެސް ބޭނުންވި ގޮތެވެ. އުމުރުގެ ބާކީއޮތްބައި ނަޒްޔަކްއާއެކު އުފަލުގައި ހޭދަކުރަން އޭނަ ބޭނުމެވެ. ނަޒްޔަކްގެ އުފާވެރިކަމަށް ޓަކައި އޭނަ ކޮންމެ ފަދަ ކަމެއް ވެސް ކުރާނެއެވެ. ނަޒްޔަކް ހިތުގައި ޖެހޭނެ އެއްވެސް ކަމަކަށް އޭނަ ފުރުސަތު ނުދޭނެއެވެ.
55 ރޭގަނޑުގެ ކެއުން އޮތީ ޝިޔާރާމެން ގޭގައެވެ. އީނާ ހުރީ ޝިޔާރާއަށް އައިސްފައިވާ ބަދަލުތައް ފެނި ޤަބޫލު ނުކުރެވިފައެވެ. ޝިޔާރާގެ ހިތްހެޔޮކަމުން ވެސް އޭނަ އަޖައިބުވިއެވެ. މާޒީގެ އެއްވެސް ކަމެއް ޝިޔާރާ ހަނދާން ނެތް ކަހަލައެވެ. ވާހަކަ ދެއްކީވެސް އެކުވެރި ރާގެއްގައެވެ. ރާކިންއަށް އީނާ ފެނުމުން އިސްދަށަށް ޖަހައިގެން އިނދެ ކެއުން ނިންމާލާފައި އަވަސްއަވަހަށް ކާކޮޓަރިން ނިކުމެގެން ދިޔައެވެ.
56 ވަރަށް ފޫހި މީހެއް، އަހަންނާ ރައްޓެހިވެގެން އުޅެފަ ވީކެއްވެސް ނުވަނީސް އެހެން އަންހެންކުއްޖަކާއެކު ހުއްޓާ ފުނުނީ ރާކިން ނިކުމެގެން ދިއުމާއެކު ޒަނާ އީނާއަށް އަޑުއިވޭވަރަށް ބުނެލިއެވެ. އޭނަ ވާހަކަ ދެއްކި ރާގުންވެސް ރާކިންދެކެ ރުޅިއަންނަ ވަރު ހާމަވެގެން ދިޔައެވެ. އޭނަގެ ކަރުގައި ހިފާ މަރާލާނަމޭ ހިތަށް އަރާ، އިނޮސެޓް ކަމުގެ ނިވަލުގައި ހުރި ޑެވިލްއެއް ޒަނާ ބުންޏެވެ. ޒީ ތިހާ ރުޅިގަދަ ވާކަށް ނުވާނެ، އެހެންނޫނީ އަވަހަށް މުސްކުޅިވާނެޔޭ މީހުން ބުނެއުޅޭ. އީނާ ޒަނާއަށް ވިސްނައިދިނެވެ. ރާކިން ފަދަ މީހަކާމެދު ވިސްނުމުން ރުޅިއައުން ނޫންކަމެއް ނުވާނެކަމަށާއި އޭރުން ޒަނާގެ އުފާވެރި މޫޑުވެސް ޚަރާބުވެގެން ދާނެކަމަށް އީނާ ބުނެލިއެވެ. އައި ނޯ، އެކަމަކު އޭނަގެ މަޅީގައި އަހަރެން ބެދުނީމަ ރުޅިއަންނަނީ، އަހަރެން އެހާ ގަމާރުވީތީ. ޒަނާ އަމިއްލަ ނަފްސުކުށްވެރި ކުރަމުން ބުންޏެވެ. ކާހިތް ވެސް ކެނޑުނެވެ. ޒީ ޖަސްޓް ލެޓް އިޓް ގޯ، އަހަންނަށް އެޑްވައިސް ދެމުން އުޅުނު މީހާ މުޅިން ބަދަލުވެފަ ތިހުރީ. އީނާ ބުންޏެވެ.
57 ކެއުން ނިންމާލާފައި ނައިޓިންގޭލް އަށް ދާން އުޅެނިކޮށް ރޫޔާ ފެންޑާއަށް ވެއްޓި، އަތަށް ތޫނު ތަދެއް އަރައިގެން ދިއުމުން ކުއްލިގޮތަކަށް ޖެހުނީ ހޮސްޕިޓަލަށް ދާށެވެ. ހޮސްޕިޓަލަށް ދިޔަ މަގުމަތީގައި ރޫޔާ އިނީ ކެތްތެރިވެލައިގެންނެވެ. ނަޒްޔަކްގެ ފަރާތުން ލިބެމުން ދިޔަ ހިތްވަރާއެކު އޭނަ ކަރުނަތައް ހިންދާލިއެވެ. ނަޒްޔަކް އިނީ ހާސްވެފައެވެ. ރޫޔާ ވޭނުގައި އުޅޭތަން ބަލަން ކެތްނުކުރެވުނެވެ. ދެލޯ ފެންކަޅިވެގެން ދިޔައީ ވެސް އެހެންވީމައެވެ. އޭނަ ރޫޔާގެ އަތުގައި މަޑުމަޑުން ފިރުމާލަދިނެވެ.
58 އެރޭ ރޫޔާ ހޮސްޕިޓަލުން ދޫކޮށްލެވުނީ ދަންވަރުވީ ފަހުންނެވެ. އަތުގައި އަޅާފައިވާ ޕްލާސްޓަރުގަނޑުގެ ސަބަބުން ރޫޔާ ހުރީ މާޔޫސްވާ ގޮތްވެފައެވެ. މުޅި ދަތުރު ޚަރާބުވީހެން ވެސް ހީވިއެވެ. އެވަރުކަމެއް ނޫނޭމީ،ވީކެއްގެ ތެރޭގަ ރަގަޅުވެދާނެ.. ނަޒްޔަކް ރޫޔާގެ އަތްތިލައަށް ބޮސްދިނެވެ. ހޯޕް ސޯ.. ރޫޔާ ބުންޏެވެ.
59 ދެޒުވާނުން އެކީގައި ގޮސް ހޮސްޕިޓަލްގެ ޕޯޓިކޯއަށް ނިކުތް ވަގުތު ގޮސް ޖެހުނީ ނޫރާލްއާއި ޒަލަފްގެ ކުރިމައްޗަށެވެ. ހަމައެއާއެކު ނޫރާލް ތުންއަނބުރާލާފައި ކަޅިއަޅާލިއެވެ. ރޫޔާއާއި ނަޒްޔަކްގެ ގާތްކަމުން އޭނަގެ ސިކުނޑި ހާސްކަމެއްގެ ތެރެއަށް ގެނބުނެވެ. އޭނަ އުއްމީދުކޮށްގެން ހުރީ ޒަލަފް އޭނަގެ މީހަކަށް ވާ ދުވަހަކުން ރޫޔާ ދުނިޔެއިން މޮޔަވާނެ ކަމަށެވެ. ނަމަވެސް މިފެނުނު މަންޒަރެއްގެ ސަބަބުން އޭނަގެ އުއްމީދުތަކުގައި ހުޅުރޯވެއްޖެއެވެ. ރޫޔާގެ ކާމިޔާބުކަމާމެދު ވެސް ނޫރާލް ހަސަދަވެރި ވިއެވެ. ޒަލަފް ހުއްޓުން އަރާފައި ހުރި ޒަލަފްއަށް އަވަސް ނަޒަރެއް ދެމުން ނޫރާލް ގޮވާލިއެވެ. ޒަލަފްއަށް ހަރަކާތެއް ނުކުރެވިގެން އުޅެނިކޮށް ރޫޔާ ވައިރޯޅީގެ ބާރުމިނުގައި ގޮސް އެމީހުންގެ އިންތިޒާރުގައި އޮތް ކާރަށް އަރައިފިއެވެ.
60 ޒަލަފް ފަސްއެނބުރި ބަލާލިއެވެ. ރޫޔާއާއި ނަޒްޔަކްގެ ގާތްކަން ފެނި އޭނަގެ ހިތަށް ތޫނު ކަށިތަށިތަކެއް ހަރާލެވިގެން ހިނގައްޖެއެވެ. ރޫޔާ އޭނަގެ އަތުން ބީވެއްޖެކަމުގެ ހިތާމަ މުޅި މީހާ ހާސްކޮށްލިއެވެ. ލޮލުން ކަރުނަ ވެސް ހިލުނެވެ. ކުރާނެ ކަމެއް ނެތެވެ. އަގުބޮޑު ޖަވާހިރެއް އޭނަގެ އަތުން ބީވެގެން ހިނގައްޖެއެވެ. އޭނަގެ ފިނޑިކަމުގެ ސަބަބުން އޭނަގެ ލޯބި ގެއްލިއްޖެއެވެ. އެރޭ ރޫޔާގެ ދިފާއުގައި ތެދުވެވުނުނަމަ ރޫޔާ އޭނަދެކެ ވީ ލޯބި ނަފްރަތަށް ބަދަލު ނުވީހެވެ. ރޫޔާ އެހެން ފިރިހެނެއްގެ ހައްޤަކަށް ވެސް ނުވީހެވެ.
61 ޒަލަފްގެ ހަރަކާތްތައް ބަލަން އިން ނޫރާލްގެ ދުނިޔެ ބަނަވެގެން ދިޔައެވެ. ޒަލަފް އަދިވެސް ލޯބިވަނީ ރޫޔާދެކެ ކަން އެނގުމުން އެ ނާޒުކު ހިތް އެތިކޮޅުތަކަށް ބުރައިގެން ދިޔައެވެ. ލޮލަށް ކަރުނަ ޖަމާވިއެވެ. ރޫޔާ އުފަލުގައި އުޅެމުން ދާއިރު އޭނައަށް ކުރިމަތިލާން ޖެހިފައިމިވަނީ ހިތްދަތިކަމާއެވެ. އިންސާފު ކޮބާ ހެއްޔެވެ؟ ރޫޔާއަށް އުފަލެއް ލިބުން ހައްޤެއްނޫނެވެ.
62 ދަރިފުޅު ލަދުގަންނާނެ ކަމެއް ނެތޭ މިތާކު ނެތެއްނު ދުރު މީހެއް އެއްޗެއް ބުނެބަލަ ދަރިފުޅާ އީމާ އެއްޗެއް ނުބުނުމުން، ދެންވެސް ވާހަކަ ދެއްކީ މައުސޫމާ އެވެ.
63 އީމާ ހާސްވެފައި ބަލައިލީ، މިޔާހަށެވެ. ދޭނެ ޖަވާބެއް ނޭނގޭތީ, މިޔާހް އަވަހަށް އިސްޖަހައިލިއެވެ.
64 މަންމަމެން ބޭނުން ދުވަހެއް ރަނގަޅުވާނެ އިރުކޮޅަކު ވިސްނާލަން އިނދެފައި އީމާ ބުންޏެވެ.
65 ލިބުނު އުފަލެއްގެ ބޮޑުކަމުން، މިޔާހްގެ ހިތް ހީވީ، ހުއްޓުނު ހެންނެވެ. އަދިވެސް އެއްފަހަރު އީމާ އެ ޖުމްލަ ތަކުރާރު ކުރާނެނަމައޭ އޭނަގެ ހިތަށް އެރި އެވެ.
66 މަންމަގެ ދަރިފުޅު ޒެންހާގެ ބޮލުގައި ފިރުމާލަމުން މައުސޫމާ ވާހަކަ ދެއްކީ، ލޯބިން ފުރިގެންވީ ރާގަކަށެވެ.
67 މައުސޫމާއަށް ދޫކޮށްލެވުނީ ފުން ނޭވާ އެކެވެ. އީމާ ކަހަލަ އަޚްލާޤު ރަނގަޅު ކުއްޖަކު، އޭނަގެ އާއިލާ ފުރިހަމަކޮށްދޭން އެއްބަސްވުމަކީ، އެ އާއިލާއަށް ލިބުނު ކިހާ ބޮޑު ނަސީބެއް ހެއްޔެވެ؟ ފާތުމައަކީ ހާދަ މޮޔަ މީހެކެވެ. ލިބިފައިވާ އަގުބޮޑު ނިޢުމަތެއް އަމިއްލަ އަތުން އެ ބޭރުކޮށްލަނީ، އޭގެ އަގާއިމެދު ކުޑަކޮށް ވެސް ވިސްނައިލުމެއް ނެތި އެވެ. ފައިސާއަކީ ހުރިހާ ކަމެއްގެ ހައްލެއް ނޫނެވެ. ފައިސާއިން ނުގަނެވޭނޭ ކިތަންމެ އެއްޗެއް މި ދުނިޔެ މަތީގައި ވެއެވެ. މީހުން ބުނަނީ ތެދެކެވެ. ނިޢުމަތެއްގެ އަގު ވަޒަން ކުރެވޭނީ، އެ ނިޢުމަތެއް އަތުން ބީވެގެން ދިޔުމުންނެވެ. އޭރުން ގިނަ ފަހަރު އޮންނާނީ ވަގުތު ފާއިތު ވެފައެވެ. ފާތުމައަށް ވެސް ވާނީ އެހެންކަމުގައި މައުސޫމާ ޤަބޫލު ކުރިއެވެ.
68 ހަސްފަތާލާއި ތަންކޮޅެއް ދުރުގައި ހުރި ކެފޭއެއްގައި އުގެއިލް އިނެވެ. އެ މޫނުމަތިން ފެންނަމުން ދިޔައީ ހާސްކަމެވެ. އޭނަ ވިސްނައިގެން ހުރީ، އޮޕަރޭޝަންގެ ތެރެއިން، ޑޮކްޓަރަކަށް ފައިސާ ދީގެން، ނަހީރާގެ ފުރާނަ ދުއްވައިލާށެވެ. އެކަމަކު އޭނަގެ މަޤުސަދު ފުރިހަމަވުމުގެ ކުރީން، ފުލުހުން އައުމުން އެކަން ކާމިޔާބު ވާގޮތް ނުވީ އެވެ.
69 އޭނައަށް މިހާރު ނަހީރާގެ އެއްވެސް މުހިއްމު ކަމެއް ނެތެވެ. ފަހަކަށް އައިސް ނަހީރާގެ ފަރާތުން ފެންނަމުން ދަނީވެސް އޭނަ ނުތަނަވަސްވާ ކަހަލަ ކަންތައް ތަކެވެ.
70 ސިއްރު އަބަދު ސިއްރެއްގެ ގޮތުގައި ފޮރުވާފައެއް ނުބޭއްވޭނެ އެވެ. ކޮންމެވެސް ދުވަހަކުން ހުރިހާ ކަމެއް ފަޅާ އަރާނެކަން ޤައިމެވެ. ކޮންމެވެސް ސަބަބަކާއިހުރެ، ހަޤީޤަތް ހާމަކުރަން މަޖުބޫރު ކުރުވާނެ އެވެ. ވަގުތު ފާއިތުވުމުގެ ކުރީން، ޒެންހާއަށް ހަޤީޤަތް ހާމަ ކުރަންޖެހޭ ކަމުގައި ޝުކޫރަށް ޤަބޫލު ކުރެވުނެވެ. ނަހީރާ އެގޮތް ބޭނުން ނުވި ނަމަވެސް، އެ ދަރިފުޅަށްޓަކައި އޭނައަށް އެކަން ކުރަން މަޖުބޫރު ވެއްޖެ އެވެ. ޒެންހާ އަންނާނޭ އިރެއްގެ އިންތިޒާރުގައި ކެތްތެރިކަން ކުޑަވެފައި އޭނަ އިނެވެ.
71 ޝުކޫރުބޭ! ޔަޤީންތަ ޝުކޫރުބެއަށް ތިކަން ވާނެ ކަން؟ ކުއްލިއަކަށް ހަޤީޤަތް އެންގުން ތީ ރަނގަޅު ކަމެއްތަ؟ ހާސްވެފައި އިން ޝުކޫރުގެ ކޮނޑުމަތީގައި އަތް ބާއްވައިލަމުން ވިކްޔަން ބުންޏެވެ.
72 ހަޤީޤަތް ހާމަކުރަން ބޭނުންވިޔަސް، ހުދު ޝުކޫރަށް ވެސް، އޭނަގެ ނިންމުމާއި ކުރިމަތިލާން ކެރިދާނެ ކަމާއިމެދު ޝައްކު ވަނީ އެވެ. އެންމެ ފަހު ވަގުތު، ފިނޑިއެއްގެ ލަގަބު ލިބިދާނެތީ، ނުތަނަވަސްކަމުން މުޅި މީހާ ވަށާލާފައި ވިއެވެ.
73 ލިޕްޓްގެ ތެރެއިން ނުކުމެގެން އައި ޒެންހާ އާއި މިޝަލް ފެނި، ޝުކޫރަށް ގޮނޑިން ތެދުވެވުނެވެ. ހިތްދަތި ނަޒަރަކުން ޒެންހާއަށް ބަލަހައްޓައިގެން އޭނަ ހުއްޓައި، އެ ދެމީހުން އައިސް އޭނަގެ ކުރިމަތީގައި ހުއްޓިއްޖެ އެވެ. ވާހަކަ ފަށާނޭ ކޮޅެއް ޝުކޫރަކަށް ނޭނގުނެވެ. ހަތަރުފަރާތުން އޭނަ ފިއްތައިލާހެން ހީވެ، މުޅި މީހާ ދާހިއްލާ ފޯވަމުން ދިޔައެވެ.
74 ޝުކޫރުބޭ! ކިހިނެތްވީ؟ އެއްވެސް މީހަކަށް ކަމެއް ވީތަ؟ ޒެންހާ ހާސްވެފައި ސުވާލު ކުރި އެވެ.
75 ޒެންހާ ގޮވާލިގޮތުން، ޝުކޫރުގެ ހިތް ހީވީ ވިރިގެން ފޭބި ހެންނެވެ. ކޮންމެ ބަފަޔަކު ވެސް ބޭނުންވާނީ، އެމީހެއްގެ އަމިއްލަ ދަރިފުޅުގެ ދުލުން، ބައްޕާއޭ ކިޔާ ގޮވާލުމަށެވެ.
76 ދަރިފު..ޅާ! ޝުކޫރުގެ އަޑު ނުކުތީ، ކެނޑިކެނޑިގެންނެވެ.
77 ޒެންހާ ހައިރާންވެފައި އެއްފަހަރު މިޝަލްއަށް އަނެއްފަހަރު ވިކްޔަންގެ މޫނަށް ބަލައިލި އެވެ. އެ ދެމީހުން އިސްޖަހައިލި ތަން ފެނުމުން، އޭނަގެ ހިތް ނުތަނަވަސް ކުރުވިއެވެ. ހަދަންވީ ގޮތެއް ނޭނގިފައި އޭނަ ހުއްޓާ، ޝުކޫރު ކުއްލިއަކަށް އޭނަގެ ފައިދަށަށް ތިރިވެއްޖެ އެވެ. ޒެންހާ ދިޔައީ ސިއްސައިގެންނެވެ. އޭނަ ލާންއުޅުނު ނޭވާވެސް އެތެރެހަށީގައި ތާށި ވިއެވެ.
78 ދެބަފައިންނަށް ފުރުސަތު ދީފައި ވިކްޔަން އާއި މިޝަލް ދިޔައީ، ހަސްފަތާލުގެ ކައިރީގައި ހުރި ކެފޭ އަކަށެވެ. ކޮފީއެއް ހިފައިގެން ދެމީހުން ވެސް ގޮސް ހުސްކޮށް ހުރި މޭޒެއްގެ ކައިރީގައި އިށީނެވެ. އެކަންތައްގަނޑުގެ ސަބަބުން ޒެންހާއަށް ކުރާނެ އަސަރެއް ނޭނގޭތީ، މިޝަލް އިނީ ކަންބޮޑު ވެފައެވެ. އެ ނޫން ކަމެއް އޭނަގެ ސިކުނޑީގައި ނުވެސް ނެތް މެއެވެ.
79 އުގެއިލް އިނީ، މިޝަލް މެން ތިބި މޭޒާއި މާ ދުރު ނޫން ހިސާބެއްގައި ހުރި މޭޒެއްގެ ކައިރީގައެވެ. ފޯނުން ކަންފަތުގައި ޖައްސައިގެން އިނދެ، އޭނަ ވާހަކަ ދައްކަމުން ދިޔައީ ދިވެހި ބަހުންނެވެ. ފުރަގަސްދީގެން އިނުމުން، އެތަނުގައި މިޝަލް މެން ތިބި ކަމެއް، އޭނައަކަށް ނޭނގެ އެވެ.
80 މިހުރިހާ ކަމެއް ތިކުރީ ކަލޭގެ އަމިއްލަ ފައިދާއަށް ދޯ؟ އުގެއިލް ހަޅޭއްލަވައިގަތެވެ.
81 އެ އަޑަށް ތަނުގައި ތިބި އެންމެން ކަހަލަ ގޮތަކަށް، އުގެއިލް އާއި ދިމާއަށް ބަލާލައިފި އެވެ. ކާކު ކަމެއް ނޭނގޭތީ، އެދިމާއަށް ބަލާލާފައި ވެސް މިޝަލް އެކަން މާ ބޮޑު ކަމަކަށް ނުހަދަ އެވެ.
82 އަހަރެން ނަހީރާ އާ ކައިވެނި ކުރީ ކަލޭ ބުނެގެންނޭ އާނ! ކަލޭ ތިބުނިހެން، އަހަރެން ކަހަލަ ޒުވާނަކު ބޮޑު މުސްކުޅިޔަކާ ކައިވެންޏެއް ނުކުރާނެދޯ އަމިއްލަ ބޭނުންގަނޑެއް ނެތިއެއް ބޭރުފުށުން ފެންނަލެއް ޒުވާނަސް، އެއީ ބޮޑު މުސްކުޅިއެކޭ މޭޒުގައި ގޮށްމުށުން ޖަހަމުން އުގެއިލް ބުންޏެވެ.
83 ނަހީރާގެ ނަން އަޑު އިވުމުން، ވިކްޔަން އަށާއި މިޝަލްއަށް އެކަކު އަނެކަކަށް ބަލައިލެވުނީ، ދެލޯ ބޮޑުކޮށްލަމުންނެވެ. ވިކްޔަންއަށް އެއީ އުގެއިލް ކަން އެނގޭކަށް ގިނަ އިރެއް ނުނެގިއެވެ.
84 ކަލޭ ބުނިގޮތަށް ކަންތައް ކުރިޔަސް، އަހަންނަކަށް އެއްވެސް ކަމެއް ކާމިޔާބެއް ނުވި ނަހީރާގެ ބިންތަކާ އެ ގެއަށްޓަކާ އަހަރެން ކުރި ބުރަ މަސައްކަތް މިވީ ފެނަށް އެކައްޗެއްވެސް އަހަންނަކަށް ނުލިބުނު އޭނަ ކުއްލިއަކަށް ހުރިހާ ބިމެއް ޒެންހާގެ ނަންމައްޗަށް ބަދަލުކުރަން ބޭނުން ވެއްޖެ އަހަންނަށް އެނގޭ ފަހުވަގުތު ނަހީރާގެ ބޮލުތެރެއަށް ވަނީ ކަލޭ ކަން އަހަރެންގެ ހަޤީޤަތް ނަހީރާއަށް އެންގި މީހަކީ ވެސް ކަލޭ ކަލޭގެ މަޤުސަދު އަހަންނަށް ވަރަށް ސާފުކޮށް އެނގިއްޖެ ނަހީރާގެ ހުރިހާ އެއްޗެއް ޒެންހާއަށް ލިބޭނެކަން އެނގި، އެކަމާ ރުޅި އައިސްގެން، އަހަރެން އެ ޒެންހާ އެއް މަރާލާނެކަން ކަލެއަށް އެނގޭތީ މި ހުރިހާ ދުވަހު ކަލޭ ރޭވި ނުބައި ރޭވުންގަނޑުގެ މަގުސަދަކީ އެއީ އެއްނު ރުޅިއައިސްފައިވާލެއް ބޮޑުކަމުން، އުގެއިލް ހަޅޭއްލަވަމުން ދިޔައީ، ތަނުގައި ތިބި މީހުންނާއިމެދު ވެސް ވިސްނައިލުމެއް ނެތި އެވެ.
85 އިވެމުންދިޔަ ވާހަކަތަކެއްގެ ސަބަބުން، މިޝަލް އާއި ވިކްޔަން ތިބީ ހުއްޓުން އަރާފައެވެ. އުގެއިލް ވާހަކަ ދައްކަމުން އެދަނީ ކާކަށް ހެއްޔެވެ؟ އެވަރުގެ ނުބައި ރޭވުމެއް ރާވާނީ، ކޮން ކަހަލަ ހަސަދަވެރިކަމެއް ހިތުގައި ލައިގެން އުޅޭ މީހެއް ހެއްޔެވެ؟ އެ ވާހަކަތަކުން މިޝަލްއަށް ޔަޤީންވި ކަމަކީ ޒެންހާގެ ދުޝްމަނަކީ، ދުރު މީހެއް ނޫން ކަމެވެ.
86 ޝުކޫރު ގުޅާފައި ޒެންހާ އެކަނިމާއެކަނި ޓެކްސީއަކަށް އަރައިގެން ދާންއުޅޭ ވާހަކަ ބުނުމުން، މިޝަލް އަވަސް އަވަހަށް ކެފޭއިން ނުކުތެވެ. އުގެއިލް ދައްކާ ވާހަކައެއް އަޑުއަހަން ވިކްޔަން އެތަނުގައި މަޑުކުރީ އެވެ.
87 މިޝަލް ދިޔައިރު، ޒެންހާ ޓެކްސީއަށް އަރަނީ އެވެ. ޓެކްސީ ނައްޓާލުމުގެ ކުރިން، އޭނައަށް އެ ހިސާބަށް ދެވުނީ ކިރިޔާ އެވެ. ޒެންހާގެ ފަހަތުން އޭނަވެސް އެއަށް އެރި އެވެ.
88 ޒެންހާ އިސްއުފުލައި ބަލައިވެސް ނުލިއެވެ. ރޮއެރޮއެ ގިސްލެވެމުން ދިޔަ ނަމަވެސް، ކަރުނަތައް ފޮހެލަ ފޮހެލާ އޭނަ އިނެވެ. އެނގުނު ހަޤީޤަތްތަކެއްގެ ސަބަބުން އޭނަ އިނީ މުޅި ދުނިޔެ މަތީންވެސް ފޫހި ވެފައެވެ. މައިންބަފައިން ކަމުގައި ދެކިގެން އޭނަ އެންމެ ލޯބިން އުޅުނު ދެމީހުން ވެސް އޭނައަށް އޮޅުވާލީ އެވެ.
89 ދުނިޔެއަކީ ކެހިވެރިން ގިނަ ތަނެކެވެ. އެންމެ ކައިރީގައި ހީހީފައި އުޅޭ އެތައް ބަޔަކު، މާދަމާ ހަތުރަކަށް ވެގެން ދަނީ ވެސް ނޭނގި ތިއްބަ އެވެ.
90 ދެ ދުވަސް ފާއިތުވެގެން ދިޔައިރުވެސް ޒެންހާގެ ތަބީއަތަކަށް ބަދަލެއް ނައެވެ. ރުއިން ނޫންކަމެއް ނުކުރެ އެވެ. އެއްވެސް ތަނަކަށް ދާކަށް ވެސް އެއްބަހެއް ނުވެއެވެ. އަބަދު ކަމަކީ ނިދުމެވެ. ނުނިދޭ ވަގުތުތަކުގައި ރުއިމެވެ.
91 ޒެންހާގެ ޓެސްޓްތަކުގެ ނަތީޖާ ލިބިގެން ހަސްފަތާލުން ގުޅުމުން، އެތަނަށް ދާކަށް ވެސް ޒެންހާ އެއްބަހެއް ނުވިއެވެ. ކޮންމެ ގޮތެއް ވިޔަސް، އޭނައަށް ވަރިހަމަ ކަހަލަ އެވެ. އެހާވެސް ބޮޑަށް އޭނަ ވަނީ، މުޅި ދިރިއުޅުންމަތީން ފޫހި ވެފަ އެވެ. ޒެންހާ ނުދިޔުމުން ނަތީޖާތައް ނަގަން ދިޔައީ މިޝަލް އެކަންޏެވެ.
92 ނެތް އެއްވެސް މައްސަލައެއް ނަތީޖާތައް ބަލާފައި ޑަކުޓަރު ބުންޏެވެ.
93 މިޝަލްއަށް ޤަބޫލު ނުކުރެވިގެން ޒެންހާއަށް ވީ ގޮތްތަކުގެ ވާހަކަ ތަކުރާރުކޮށް ޑަކުޓަރަށް ކިޔައިދިނެވެ. ޝައުޤުވެރިކަމާއިއެކީ އަޑުއަހަން އިނދެފައި ޑަކުޓަރު ބޯ ޖަހާލައިފި އެވެ.
94 ތިކަހަލަ ކަމެއް ނުފެންނާނެއެކޭ ބުނެވޭކަށް ނެތް އެކަމަކު، ކަމަކާނުލާ ހަމަ ރަނގަޅަށް ހުރި މީހެއްގެ ތިކަހަލަ އަލާމާތްތަކެއް ފެނުން ތީ ނާދިރު ކަމެއް ދެން އޮތީ ދެގޮތެއް، އެއްގޮތަކީ، އަމިއްލަ ނަފުސަށް ގެއްލުން ދިނުމުގެ ގޮތުން، އެކުއްޖާ ގަސްދުގައި ބޭސްތަކެއް ކެއުން ނޫނީ އޮޅިގެން ގޯސް ބޭސްތަކެއް ކެވުން ޑަކުޓަރު ވިސްނާލާފައި ބުންޏެވެ.
95 ފާއިތުވެގެން ދިޔައީ ހިމޭންކަމުގެ ވަގުތުކޮޅެކެވެ. އެ ވާހަކަތަކާއިމެދު މިޝަލްއަށް ވިސްނައިލެވުނެވެ. ޑަކުޓަރު އެ ދެއްކީ އޭގެ ކުރިން އޭނައަށް އެއްވެސް ވަރަކަށް ވިސްނާލެވިފައިވާ ކަހަލަ ވާހަކަތަކެއް ނޫނެވެ.
96 އެއްވެސް އިރެއްގަ އަމިއްލަ ނަފުސަށް ގެއްލުން ދޭން އެކުއްޖާ މަސައްކަތް ކުރި ކަމެއް އެނގޭތަ؟ ޑަކުޓަރު ސުވާލު ކުރިއެވެ.
97 މިޝަލް ދެފަރާތަށް ބޯ ހޫރާލިއެވެ. ޒެންހާއަކީ އެފަދަ ކަމެއް ކުރާ ވަރަށްވުރެ، މާ ވިސްނޭ ކުއްޖެކެވެ. އެކަމަކު، ޑަކުޓަރުގެ އެ ވާހަކަތަކުން، އޭނަގެ މުޅި ހިތް ނުތަނަވަސް ކުރުވީ، ހިތުގައި އުފެދިގެން އައި ވަސްވާސް ތަކަކުންނެވެ. އެބައްޔަކީ ޒެންހާ ގަސްދުގައި ކުރި ކަމަކުން އެންމެންނަށް ދައްކާލި ދަޅައެއް ހެއްޔެވެ؟ އޭނަގެ ލޯބި ހޯދަން ބޭނުންކޮށްލި މޮޅު އުކުޅެއް ހެއްޔެވެ؟ އީމާ ލޯބިވާކަން އެނގިހުރެ، އެ ލޯތްބަށް ހުރަސް އެޅުމަށް ކުރި ކަމެއް ހެއްޔެވެ؟ އެހެން އެކަން ވެއްޖެނަމަ، ޒެންހާގެ މަޤުސަދު ހާސިލު ވެއްޖެ އެވެ.
98 ތަފާތު ވަސްވާސްތަކުން މިޝަލްގެ ހިތް ނުތަނަވަސްވާން ފެށީ، މާ ވަރަކަށެވެ. އެނބުރި ހޮޓަލަށް ދާކަށް އޭނަ ބޭނުމެއް ނުވިއެވެ. އޭނަ ނިންމީ އެދުވަހުގެ ބާކީބައި އޭނަގެ މަންމަގެ ކައިރީގައި ހޭދަ ކުރުމަށެވެ.
99 ކައިވެނީގެ ކަންތައްތަކުގައި މައުސޫމާ އާއި މިޔާހް އަވަދިނެތި އުޅުނުއިރު، އީމާ އުޅުނީ މުޅީން އެހެން ކަމެއްގަ އެވެ. ޝުކޫރުގެ ހަޤީޤަތް ހޯދުމަށް ކުރި މަސައްކަތުން ގިނަ ކަންތައްތަކެއް އޭނަ ހޯދި އެވެ. ޒެންހާގެ ހަޤީޤީ މައިންބަފައިންނަކީ އާބިދާ އާއި ޒުބޭރު ނޫން ކަން އެނގުމުން، އޭނައަށް ލިބުނީ ވަރުގަދަ ސިހުމެކެވެ. އޭނަ ހުރީ އެކަމާއި ބެހޭގޮތުން ޒެންހާ އާއި ވާހަކަ ދައްކަން ނުހަނު ބޭނުން ވެފައެވެ. އެކަމަކު ގުޅަން ޖެހެނީ މިޝަލްގެ ފޯނަށް ކަމުން، ކޮންމެ ފަހަރަކު ވެސް އެ ޚިޔާލު ދޫކޮށްލަން އޭނައަށް މަޖުބޫރު ވަނީ އެވެ.
100 ނަހީރާގެ ގެ ބެލެހެއްޓުމާއި ހަވާލުކޮށްފައި އޮންނަނީ އައިމިނަ އަށެވެ. އައިމިނަ އެ ގެ ސާފުކުރަން ދިޔައިރު އީމާ ވެސް އޭނަ އާއި އެކުގައި ދިޔަ އެވެ. އެއީ ޒެންހާ އެ ރަށަށް ގޮސްފައި ދިރިއުޅުނު ގެއެވެ. ގޭގެ އެކި ތަންތަން ބަލަމުން ދަނިކޮށް، އޭނަގެ ލޮލުގައި އަޅައިގަތީ، ޓީވީ ރެކް މަތީގައި ބައިންދާފައިވާ އަންހެނެއްގެ ތަސްވީރެއްގަ އެވެ.
101 އީމާ އެ ތަސްވީރަށް ބަލަން ހުއްޓައި، އައިމިނަ ގޮސް އޭނަގެ ކައިރީގައި ހުއްޓިއްޖެ އެވެ.
102 ތީ ނަހީރާ މިގޭގެ ވެރިމީހާ ތަސްވީރަށް ފުން ނަޒަރެއް ދެމުން، އައިމިނަ ބުންޏެވެ.
103 ޝުކޫރުބެގެ އަންހެނުން ދޯ؟ މިހާރު ނަހީރާއްތަ ކޮބާ؟ އީމާ ބޭނުންވި ކަހަލަ ފުރުސަތެއް ލިބުމުން، ދަނޑިވަޅުގެ ބޭނުންހިފައި، އަވަހަށް ސުވާލުކޮށްލައިފި އެވެ.
104 އަހަރެން ވަރަށް ރުޅިއާދޭ ޝުކޫރު ދެކެ ކިހިނެތް އުފަލުގަ އުޅުނު ނަހީރާއެއް އެއީ އެ ޝުކޫރުގެ ސަބަބުން އޭނަގެ މުޅި ދިރިއުޅުން ހަލާކުވީ ފިރެހެނުންގެ އުނދަގޫ ޖެހެނީއޭ ކިޔާފަ، ނަހީރާގެ މަންމަމެން އޭނަގެ އުމުރުން އެންމެ ސޯޅަ އަހަރުގަ ކައިވެނި ކުރުވައިފި އެ ޝުކޫރަކީ ކުރިން ވަރަށް ހަރުކަށި މީހެއް އެހާ ވަރަށް މީހުންނަށް އަނިޔާވެސް ކުރާނެ އެ ކައިވެނީގެ ކުރިން އަހަރެމެން އުޅުނީ ވަރަށް އެއްކޮށް އަހަންނާ، އާބިދާ އާ ޒުބޭރާ މާޒީގެ ހަނދާން އާކޮށްލަމުން އައިމިނަ ވާހަކަ ދެއްކި އެވެ. އެކުވެރިންގެ ވާހަކަ ދެއްކިއިރު، އެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވި އެވެ. އިސާހިތަކު އެ ހިނިތުންވުން ފަނޑުވެއްޖެ އެވެ.
105 ނަހީރާ ލޯބިވީ އީމާގެ ބައްޕަދެކެ އަހަންނަށް އެކަން އެނގޭ އިރުވެސް، ނޭނގޭ ކަމަށް ހަދައިގެން ހުރީ ނަހީރާގެ މަންމަމެންގެ ގޮތް އެނގޭތީ އީމާގެ ބައްޕަ އެ ފާތުމަ އާ ކައިވެނި ކުރި ދުވަހު، އަހަރެން ދުށިން ނަހީރާގެ ދެލޮލުން އޮހޮރުނުހާ ކަރުނަ ހުރިހާ ހަޤީޤަތެއް އެނގިހުރެ ފާތުމަ ނަހީރާއަށް ދިން ލަނޑެކޭ އެއީ އަހަރެން ބުނާނީ ހާދަ ހިތްދަތި ހާލެއްގައޭ ނަހީރާ އުޅުނީ. އީމާއަށް އެނގޭތަ؟ އީމާގެ ބައްޕަ ވެސް ނަހީރާދެކެ ލޯބިވިއޭ އަހަންނަށް އެކަން އެނގުނީ ފާތުމަ އެއްދުވަހަކު، ރުޅި އައިސްގެން ގޮވާލި ފަތިވަރެއް އަޑު އިވުނީމަ އެދުވަހު އެހާވަރު ކޮށްލީމަ ވެސް، އީމާގެ ބައްޕަ ހަމަ އަނގައިން ވެސް ނުބުނެ އިނޭ އައިމިނަ ވާހަކަ ދެއްކީ އީމާގެ ކޮނޑުގައި އަތް ޖައްސާލައިގެން ހުރެ އެވެ.
106 އީމާއަށް ކުއްލި ސިހުމެއް ލިބުނެވެ. ބައްޕަގެ މަޑުމައިތިރި މިޒާޖާއި، އޭނަގެ މަންމަ އެ ބައްޕަދެކެ ކުރާ ނަފުރަތުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރު އޭނައަށް އެ އެނގުނީ އަދިކިރިޔާ އެވެ. އޭނަގެ ހަނދާނަށް އައީ ޒެންހާއަށްޓަކައި އޭނަ މިޝަލްގެ މަތީން ހަނދާން ނައްތާލަން ކުރި މަސައްކަތެވެ. އޭނައަށް ހީވީ، މާޒީ އިއާދަވެގެން އައި ހެންނެވެ. އޭނައަށް ދެފަރާތަށް ބޯ ހޫރާ ލެވުނެވެ. އެއީ ކޮންފަދަ އިމްތިހާނެއް ހެއްޔެވެ؟ ކުރީގެ އަދަދާއި ގުޅޭ…
107 ޒިޔާން ހޯދަން ހަދާނެ ގޮތަކާމެދު ނައުޝާދު އެކި ގޮތްގޮތަށް ވިސްނިއެވެ. އެންމެ ފަހުން އޭނާ ނިންމީ އާޒިމާ ބައްދަލު ކުރުމަށެވެ. އާޒިމަކީ މުނާގެ ވެސް ރައްޓެއްސެކެވެ. އަވަށްޓެރިއެކެވެ. އާޒިމަށް އަފްޝީންގެ ޚަބަރުތައް މުނާގެ ފަރާތުން ލިބޭނެ އެވެ. އެ ހުރިހާ ޚަބަރެއް ތާޒާކަންމަތީގައި އާޒިމް ޒިޔާނަށް ފޯރުކޮށްދޭނެކަން ޔަގީނެވެ.
108 ނައުޝާދު މަގުމައްޗަށް ނުކުމެފައި ފަރުވާތެރިކަމާއެކު މަގުގެ ދެފަރާތަށް ނަޒަރު ހިންގާލިއެވެ. މަގުގެ އަނެއް ފަޅީގައި ގަސްތަކަކާއި ޖޯލިފައްޗެއް ހުންނަ ކަމަށް އަފްޝީން ލިޔެފައި އޮތެވެ. އެކަމަކު މިހާރު އެތަނުގައި ވެސް ހުރީ ގެ ތަކެކެވެ. ކޮންމެ ގެއެއް ގައި ވެސް ހުރީ ވަރަށް އުސްކޮށް މަގުމަތީ ފާރު ރާނާފައެވެ. ދޮރޯށި ކައިރީގައި ފާރުގައި ނަން ބޯޑު ހަރުކޮށްފައި ހުއްޓެވެ. ނައުޝާދު ނަން ބޯޑުތައް ބަލަމުން ކުރިއަށް ދިޔައެވެ. އެކަމަކު އާޒިމްގެ އެޑްރެސް އޭނާ އަކަށް ނޭނގެއެވެ. އެ ވަގުތު ސަމީރު މަގުމައްޗަށް ނުކުތެވެ.
109 ކިހިނެއްވީ؟ ކޮންއެއްޗެއް ތި ހޯދަނީ؟ ނައުޝާދުގެ ހަރަކާތްތައް ހުރިގޮތުން ކޮންމެވެސް މީހަކު ނުވަތަ ގެ އެއް ހޯދާ ހެން ސަމީރަށް ހީވިއެވެ.
110 މީ. . . މިތާ ކައިރި ގެއެއްގަ އުޅެއެއްނު އާޒިމެއް. އެއީ އަފޫގެ ފްރެންޑެއް! ނައުޝާދަށް ވާހަކަ ދެއްކުނީ ތަންކޮޅެއް އުނދަގުލުންނެވެ.
111 އާޒިމްގެ ނަން ބުނުމުން ސަމީރު ކައިރިއަށް އައީ ލާނެތް ހިންޏެކެވެ. އާނ. އެއީ މުނާގެ ވެސް ވަރަށް ބޮޑު ރައްޓެއްސެއް! އޭނަ މާ ދުރު ރަށެއްގަ ކުއްޖަކާ އިނދެގެން އެ ރަށަށް ދިރިއުޅުން ބަދަލުކުރި ފަހުން މިހާރު ދެތިން އަހަރު ވެއްޖެ!
112 ދެތިން އަހަރު؟؟ މާނައަކީ ޒިޔާނަށް އަފޫގެ އެއްވެސް ޚަބަރެއް ނުލިބޭނޭ، އެއްވެސް ކަމެއް ނޭނގޭނޭތަ؟ ނޫން. ނޫން. އެވަރުގެ ބޮޑު ކަމެއް ސިއްރެއް ނުވާނެ ނައުޝާދަށް ހިތާހިތުން ބުނެވުނެވެ.
113 ޒިޔާން ހޯދުމުގެ މަސައްކަތުގައި ދެވަނަ ވިސްނުމަކަށް ދިޔުމަށް ނައުޝާދަށް މަޖުބޫރުވިއެވެ. ސަމީރު ކައިރީގައި ޒިޔާންގެ ވާހަކަ އަހަން ވެސް ހިތަށް އެރިއެވެ. އެކަމަކު އަހާނީ ވެސް ކީކޭ ކިޔާފައި ހެއްޔެވެ؟ އަފްޝީންއާ ޒިޔާނާ ދެމެދުގައި ގުޅުމެއް ހިނގި ކަން އާޒިމް ފިޔަވައި އިތުރު މީހަކަށް ނޭނގެ އެވެ. މުނާ އަކަށް ވެސް ނޭނގޭނެ އެވެ.
114 ކިހިނެއްވީ؟ ދެމީހުން މަގު މެދުގަ؟ މުނާ އަށް އެ ދެ މީހުން ފެނުމުން އެހިއެވެ. ހަމަ ތިބީ. ނައު ނުހޭލާތަ؟ ނައުޝާދު އެހިއެވެ.
115 އާނ. މޫދުގަ އުޅެއުޅެ ވަރުބަލިވެގެން އެ ނިދީ. ނައުއްކޮ މި ރަށު ސްކޫލަށް ވައްދަންވީނު؟ އޭރުން އޭނާ ކިހާ އުފާވާނެ! އެއްވަރުގެ ކުދިންނާ އެކީ ކުޅެލާ، މަޖާކޮށްލާ ހެދޭނެ! މުނާ އޭނާގެ ހިޔާލު ފާޅުކުރިއެވެ.
116 މި އައީ މި އަހަރު އެއްކޮށް މި ރަށުގަ ތިބޭކަށް ނޫނޭ! ކުޑަކޮށް ހީނލަމުން ނައުޝާދު ބުންޏެވެ.
117 ކުޑަ ދުވަސްކޮޅަކަށް ވިޔަސް ވެއްދިދާނެ އެއްނު؟ މާލޭގަ ވެސް ސްކޫލަކަށް ނުފޮނުވަމެއްނު؟ އެކަމަކު މިއީ އެލް.ކޭ.ޖީ ގައި އުޅެންޖެހޭ އަހަރެއްނު؟
118 އެއީ ތެދެއް! އެ އުމުރުގެ ކުދިން ބޭނުންވާނެ ސްކޫލަށް ގޮސް ކުޅެލާ ހަދަން. މިރަށު ސްކޫލް ވަރަށް ރަނގަޅު ވާނެ، އަދި މިހާރު ސްކޫލް ހިންގުމާ ހަވާލުވެގެން ހުންނަނީ ވެސް ރަށު މީހެއް! ސަމީރު ވެސް މުނާގެ ވާހަކައަށް ތާއީދުކުރިއެވެ. ސްކޫލްގެ ރަނގަޅު ވާހަކަ ވަރަށް ދިގުކޮށް ދެއްކިއެވެ.
119 ސަމީރަކީ ޓީޗަރެކޭ ދޯ! ޒިޔާނަކީ ޓީޗަރެއްކަން ހަނދާންވުމުން ނައުޝާދު ބުންޏެވެ. އެކަމަކު ޒިޔާންގެ ނަން އޮޅިގެން ވެސް ބުނެވިދާނެތީ އޭނާ ހުރީ ވިސްނައިގެންނެވެ.
120 ނައުޝާދު އިނީ ހޮސްޕިޓަލުގަ އެވެ. ދެ ހަފުތާ ފާއިތުވެގެން ދިޔައިރު ޑޮކްޓަރަށް ދެއްކުމަށް ކުރިން ނަން ނޯޓު ކޮށްފައިވާ ހުރިހާ ކުދިން ބަލައި ނިމިއްޖެ އެވެ. ނައުޝާދުގެ މަސައްކަތްތައް އާންމު ހާލަތަށް ރުޖޫޢަވެއްޖެ އެވެ. މާ ބޮޑު ކަމެއް ނެތް ދުވަހެއް ކަމުން މެންދުރު ނަމާދު ކޮށްލަން މިސްކިތަށް ދާން އުޅެނިކޮށް ޕޭޝަންޓެއް އައެވެ. ކުޑަކުޑަ އަންހެން ކުއްޖަކާއި، އޭނާގެ މަންމަ އާއި ބައްޕަ އެތެރެއަށް ވަނެވެ. އެ ކުއްޖާ އިނީ ބައްޕަގެ އުނގުގައެވެ. ނައުޝާދު ޝައުޤުވެރިކަމާއެކު އޭނާ އަށް ބަލައިލިއެވެ. ހަމުގެ ކުލަ އަލިވެފައި، ބަލައިލަން ރީއްޗެވެ. ލައިގެން އިން އަތްދިގު ގަމީހާއެކު އަޅާފައިވާ ޓައީ އޭނާއާ ވަރަށް ގުޅެއެވެ. ހީނލާގޮތުން އެއީ ހިތްހެޔޮ ޒުވާނެއްކަން ދޭހަކޮށްދެއެވެ.
121 ކިހިނެއް ވަނީ؟ ކުޑަ ކުއްޖާގެ މޫނަށް ބަލައިލަމުން ނައުޝާދު އެހިއެވެ.
122 މާ އަވަސްއަވަހަށް ހުން އަންނަނީ. ނުވެސް ކައި. . . ދަރިފުޅުގެ މައްސަލަތައް ޑޮކްޓަރަށް އޮޅުންފިލުވައިދިނީ ދަރިފުޅުގެ ބައްޕަ އެވެ.
123 ނައުޝާދު ވަރަށް ރަނގަޅަށް އެ ކުއްޖާ ބެލިއެވެ. ފެންނަ ފެނުމަށް ވެސް އެއީ ވަރަށް ބަލި ކުއްޖެކެވެ. ހަށިގަނޑު ވަރަށް ނިކަމެއްޗެވެ. ދެ ކޯތާފަތް ވަނީ ވަޅުވަދެފައެވެ. މޫނުމަތީގައި އެއްވެސް ކަހަލަ އުޖާލާކަމެއް ނެތެވެ.
124 ދަރިފުޅުގެ ބަރުދަން ބަލާލަން ބޭނުން ކޮޓަރީގެ އެއްފަރާތުގައި ހުރި ބެލެންސަށް އިޝާރާތް ކޮށްފައި ނައުޝާދު ބުންޏެވެ.
125 ދެމީހުން އެކުއެކީގައި ތެދުވެގެން އެ ދިމާއަށް ދިޔައެވެ. އޭރު ދަރިފުޅުގެ އައި.ޑީ ކާޑު އޮތީ މޭޒުމަތީގައެވެ. ހަމަ ކުއްލިއަކަށް ހިތަށް އެރި އެއްޗަކުން ނައުޝާދު އެ ކާޑު ނަގައި ބަލައިލިއެވެ.
126 ބައްޕަގެ ނަން. މުހައްމަދު ޒިޔާން. މަންމަގެ ނަން. ލަމްހާ މޫސާ ހިތާހިތުން ނައުޝާދަށް ކިޔާލެވުނެވެ. އޭނާގެ ދެ ލޯ ބޮޑުވެގެން ދިޔައެވެ. ހައިރާންކަމާއެކު ޒިޔާންގެ މޫނަށް ނަޒަރުހިންގާލެވުނެވެ. އޭނާގެ ހިތް ދޮގެއް ނުބުނާނެއެވެ. ފުރަތަމަ ފެނިލުމުން ވެސް ޒިޔާންގެ ރީތިކަން އޭނާ އަށް ފާހަގަކުރެވުނެވެ. އަފްޝީން ޒިޔާން ސިފަކޮށްފައިވާ ގޮތާ ވަރަށް ބޮޑަށް ދިމާވެއެވެ.
127 އެއީ ރީތި ޒުވާނެކެވެ. އާންމުކޮށް ފެންނަ ދިވެހި ފިރިހެނުންނަށް ވުރެ ހަމުގެ ކުލަ އަލިވެފައި، އިސްކޮޅުން ދިގެވެ. ކުރުކޮށް ކޮށާފައިވާ ތުނބުޅީގެ ސަބަބުން ފިރިހެން ވަންތަކަން އިތުރުކޮށްދެއެވެ. ހީނލާއިރު އެހުންނަ ހިތްގައިމު ގޮތަކުން އަހަރެންގެ ހިތަށް ކޮންމެވެސް ކަހަލަ އާދަޔާހިލާފު އަސަރެއް ކުރަމުން ދިޔައެވެ.
128 މިއީ ކޮން ކަހަލަ އިއްތިފާޤެއް ހެއްޔެވެ؟ ހޯދަން ބޭނުންވާ ފަރާތް އެހުރީ އޭނާގެ ކުރިމަތީގައެވެ. ނުހަނު ގާތުގައެވެ. މިހާ ފަސޭހައިން ޒިޔާނާ ބައްދަލުވެދާނެ ކަމަށް އޭނާ ހިއެއް ނުކުރެއެވެ. އެސްފިޔަ ޖަހާލަން ވެސް ހަނދާން ނެތިފައި ނައުޝާދަށް އިނދެވުނީ އެވެ. ޒިޔާންގެ ދޮން މޫނުމަތިން އޭނާ އަށް ފެންނަނީ ނައުޝީންގެ ތުއްތު މޫނެވެ. އެއީ ހަމަ އެ ދެ ލޮލެވެ. އެ ތުންފަތެވެ. އެ ރީތި ހިނިތުންވުމެވެ.
129 އަށް ކިލޯ ޒިޔާންގެ އަޑަށް ނައުޝާދު ސިހުނެވެ. ފުން ނޭވާ އެއް ދޫކޮށްލަމުން މަސައްކަތުގައި މަސްއޫލުވިއެވެ.
130 އަދި އެބަޖެހޭ ލޭގެ ޓެސްޓެއް ވެސް ހަދާލަން. ރިޕޯޓް ހިފައިގެން މާދަމާ ދުރުވޭ! ކުރިއްޔާ!
131 ދަރިފުޅު އުރާލައިގެން ޒިޔާން ނުކުތްތަން ދެކެން ނައުޝާދު އިނީ ފިކުރު ބޮޑުވެފައެވެ. އޭނާގެ ސިކުނޑިއަށް ވަނީ އާދަޔާހިލާފަށް ބަރުވެފައެވެ. ނޭނގޭ ބިރަކުން ހިތް ނުތަނަވަސްވަމުން ދިޔައެވެ. އެއީ ހަމަ ޒިޔާނެވެ. އަފްޝީން އެމީހަކު ދެކެ އިންތިހާ އަށް ލޯބި ފަރާތެވެ. ނައުޝީންގެ ބައްޕަ އެވެ. އެކަމަކު މިހާރު އެއީ މީހެއްގެ ހައްޤެކެވެ. އޭނާ ލަމްހާއާ ކައިވެނި ކުރީ އެވެ. ކުޑަކުޑަ ދަރިއަކު ވެސް ލިބުނީ އެވެ. މިހާރު އޭނާ އަފްޝީންގެ ނަން ވެސް ހަނދާންހުރި ކަމެއް ނޭނގެއެވެ. އޭނާ އަފްޝީންއާ އެކުގައި ހޭދަކުރި ދުވަސްތަކަކީ ހުވަފެނެއް ކަމުގައި ދުށުމަށް ބުންޏެވެ. މިހާރު އެ ހުވަފެން އޭނާގެ ހިތުން ފިލައިގެން ހިނގައިދާނެ އެވެ. އެކަމަކު އެއީ ހުވަފެނެއް ނޫނެވެ. ފެންނަން ހުރި ހަޤީޤަތެކެވެ.
132 ނައުޝީން ސްކޫލަށް ވެއްދުމުގެ ހުރިހާ ކަމެއް މުނާ ހަމަޖެއްސި އެވެ. ގޭގައި ހުރި ފަހާތަނުން ކުޑަކުޑަ ޔުނިފޯމެއް ފެއްސިއެވެ. ނައުޝީން އަށް ހެޔޮވަރުގެ ބޫޓަކާއި، ރީތި ދަބަހެއް ގަނެދިނެވެ. ނައުޝާދު ގެއަށް ދިޔައިރު ނައުޝީން ހުރީ އުފަލުން ފޮޅިފައެވެ. ބޫޓަށް އަރައިގެން، ދަބަސް ކޮނޑުގައި އަޅުވައިގެން ގޭތެރޭގައި ދުވަނީ އެވެ.
133 ޔުނިފޯމް ހެޔޮވަރު ކޮށްފިންތަ؟ އެނދުމަތީގައި އޮތް ރަތް ކުލައިގެ ސްކާޓާއި، ހުދުކުލައިގެ ޓޮޕް ފެނުމުން ނައުޝާދު އެހިއެވެ.
134 ލައްބަ! އަޅުގަނޑަށް ހަމަ ހެޔޮވަރު! މާމައާ އެކީގަ ލޯގަނޑުން ބެލިން ނައުޝީން އެންމެ އުފާ ވަނީ ޔުނިފޯމުގައި ރަތް ކުލަ ހުރުމުނެވެ. އެއީ އޭނާ އަށް އެންމެ ރީތި ކުލަ އެވެ.
135 ސްކޫލަށް ދާންވާއިރަށް ތި ހުރީ މުޅިން ޓޭން ވެފައެއްނު؟ މާލެ ދާން ކައިރިވީމަ ދެން މޫދަށް ނޭރެއްޗޭ! ނައުޝީން އުރާލުމަށްފަހު ކޮލަށް ދޮނެއް ދެމުން ނައުޝާދު ބުންޏެވެ.
136 އަޅުގަނޑު ދެން މާލެ އަކަށް ނުދާނަން. މި ރަށް މާ ރަނގަޅު! ލޯބިވެތި އަޑަކުން ނައުޝީން ބުނެލި އެވެ. އެ އަޑު އިވިފައި މުނާ ވަރަށް އުފާވިއެވެ. ނައުޝީން ހިތްހަމަޖައްސައި ދެވޭ ކަމުގެ އިހުސާސް ކުރެވުނެވެ.
137 އާނ. . . ކީއްކުރަން މާލެ އަށް ދާންވީ؟ އަދި މިއަދު ހަވީރު މިއުޅެނީ ލިއުދައްތަގެ ބޭބީ ކައިރި އަށް ދާންވެގެންނޭ ދޯ! މުނާ އައިސް ނައުޝީން އުރާލާ ލޯބި ކޮށްލިއެވެ. ބަސް އަހައިގެން ކާތީ މިހާރު ހާދަ ބަރޭ! މުނާ ހެމުން ބުންޏެވެ.
138 ލޯބިލޯބި ފުށްގަނޑެއް ފަދަ ނައުޝީން ފެންނަ ކޮންމެ މީހަކު ވެސް ލޯބިން މޮޔަވާނެ އެވެ. އުރާލާ ލޯބި ކޮށްލާ ހިތް ވާނެ އެވެ. ފަން އިސްތަށިކޮޅަކާއި، ބޮޑުބޮޑު ދެ ކޯތާފަތެވެ. އަބަދު ހިނިތުންވެފައި ހުންނަ ނިއަނެތި މޫނެކެވެ. އެހެން މީހުންނާ ގުޅިގެން އުޅެން ދަންނަ ބަސްއަހާ ކުއްޖެކެވެ. ނައުޝާދު އޭނާ ތަރުބިއްޔަތު ކުރަމުން އަންނަ ރިވެތި ގޮތަށް ތަޢުރީފު ހައްޤެވެ.
139 ޖެހިގެން އައި ދުވަހު ދަރިފުޅުގެ ރިޕޯޓް ބަލައި ހޮސްޕިޓަލަށް ދިޔައީ ޒިޔާން އެކަންޏެވެ. އެއީ ނައުޝާދު އުއްމީދު ކުރިގޮތެވެ. ބޭނުންވި ގޮތް ވެސް މެއެވެ.
140 ކަންބޮޑުވާން ޖެހޭ ވަރުގެ މައްސަލައެއް ނެތް! ހުރިހާ ވެސް މައްސަލައަކީ ހަށިގަނޑަށް ފައިދާހުރި ކާނާ ނުކެއުން. . . ދަރިފުޅުގެ ހާލަތު ޒިޔާނަށް އޮޅުންފިލުވައި ދިނުމަށްފަހު ނައުޝާދު ބޭސް ލިޔެދިނެވެ.
141 މި ބޭސް ޤަވައިދުން ދީ. އިރާދަކުރެއްވިއްޔާ ރަނގަޅު ވާނެ! ބޭސް ސިޓީ ޒިޔާން އަތަށް ދެމުން ނައުޝާދު ބުންޏެވެ.
142 ތީ ޒިޔާން ދޯ! ޝުކުރު އަދާކޮށްފައި ޒިޔާން ތެދުވަން އުޅުނު ވަގުތު ނައުޝާދު އޭނާ ހުއްޓުވިއެވެ.
143 އާދެ! ހިނިތުންވަމުން ޒިޔާން ޖަވާބު ދިނެވެ. އަހަންނަށް ކިޔަނީ ނައުޝާދު ނައުޝާދު އަމިއްލަ އަށް ތަޢާރަފުވިއެވެ.
144 ލައްބަ. ޑރ. ނައުޝާދު ނޭނގޭ ދިވެއްސަކު ނޫޅޭނެ ނޫންތޯ! ޒިޔާން ގާތްގޮތަކަށް ހިނިތުންވަމުން ބުނެލިއެވެ.
145 އަހަރެން ހަމަ އެހާ ރަނގަޅަށް ދަންނަންތަ؟ ސީރިއަސްކަމާއެކު ނައުޝާދު އެހިއެވެ.
146 ތީ އަބަދު ޓީވީ އިން ފެންނަ މޫނެއް ނޫންތޯ! ޒިޔާން ބުންޏެވެ. އެހެންދޯ! ނައުޝާދު ކުޑަކޮށް ހީނލިއެވެ. ދެން މި ރައްޓެހިވީ އިނގޭ! މި ކަހަލަ ކުޑަކުޑަ ރަށެއްގައި އަދި ދިމާވާނެ އެއްނު؟ ޒިޔާނާ ގުޅުން ބާއްވަން ބޭނުންކަން އެންގުމުގެ ގޮތުން ނައުޝާދު ސަލާމަށް އަތް ދިއްކޮށްލިއެވެ. އުފަލާއެކު ޒިޔާން އެކަން ގަބޫލުކުރިއެވެ.
147 އަހަންނަށް ކަލާ ފެންނަނީ ފިނިފެންމާ ބަގީޗާއެއްގައި އެބަގީޗާގައިވާ ހިތްގައިމު މާތަކާ ކުޅެން ހުއްޓައެވެ. ތިޔައީ އަހަރެންގެ ހިތް އަބަދުމެ އެދޭ އާޝިޤާއެވެ. ކަލާ ފެނުމުން އަހަރެންގެ ހިތުގެ ހިގުން އަވަސްވެ އެވެ. އެކަމަކު މިއަދު ތިޔަ ލޯބި ޙާސިލްވުމަށް އެދި ކަލާޔަށް ލޯބި ހުށަހަޅަމެވެ. ތިޔަ ކުރަނގި ދެލޮލާ ފިނިފެންމަލުގެ ފިޔައެއްފަދަ ކޯތާފަތާ ފުން އަސަރުތައް އެކުލެވޭ ވަނާތަށް ދުރުން ބަލާލަބަލާލާ ހުންނާކަށް ދެނެއް ބޭނުމެއް ނުވިއެވެ. ހިތުގެ ތެޅުމާއި އެއްވަރު އަވަސް ހިގުމެއްގައިއަހަރެން ނައްޓާލަމެވެ.
148 އެކަމަކު ކަލާޔާ ފަސްވަރަކަށް ފޫޓަކަށް ދެވުނުތަނާ ފައިން ވާގި ނެތި އަހަރެންގެ ހަށިގަނޑު އަހަންނާއި ދެކޮޅަށް ބަސް ބުނެ ހުއްޓިއްޖެއެވެ. ފަހަރެއްގަވެސް އަހަރެންގެ ހުށަހެޅުން ހުށަހަޅަން ނުކެރެނީކީ ނޫނެވެ. އެކަމަކު އެހުށަހެޅުމަށް ކަލާ ފުރަގަސްދީ ހިގައްޖެނަމަ ދެން ދުރުން ބަލާލަންވެސް ކަލާ ނުފެނިދާނެތީއެވެ. ވަރަށް ހިތްވަރު ކޮއްލާފައި ކަލާކައިރިއަށް ގޮސް ހުއްޓިލާފައި އަހަރެން ކަލާގެ ހަރަކާތްތަށް ބަލަން ހުންނަމެވެ.
149 ފިނިފެންމަލުގެ އެ ރީތި ބަގީޗާގައިން ހިތްގައިމުމަލެއް ބިނދެގެން އެނބުރިލިވަގުތު ކަލާޔާ އަހަންނާ ހަތަރުކަޅި ހަމަވިއެވެ. އަހަރެންގެ ހިތުގެ އުދާސްތައް އޭރުހިތުގެ ކުޑަދޮރުން ފުންމާލަން ތައްޔާރުވިކަހަލައެވެ. ލަނދުރަކި ހިނިތުންވުމެއް ކަލާގެ މޫނު މައްޗަށް ވެރިވުމާއި އެކު އިސްޖަހާލިއެވެ. ކަނާތުގެ ޝަހާދަތް އިނގިލިން އަހަރެން ކަލާގެ އެރީތި ތުންފަތް ތިރިން ދަތްދޮޅީގައި ހިފާ ކަލާގެ އިސްއުފުލަމެވެ. ލަނދުންގޮސް ތިރީތި ދެލޯ ކަލާ މަރާލައެވެ.
150 ދެން މުޅި ދުނިޔެއަށްވެސް ސިއްރުން ކަލާގެ ކަންފަތްކައިރީގައި އަހަރެން ސިއްރެއް ބުނީމެވެ. ޖަވާބުގައި ކަލާ ހިނިތުންވެފައި އަހަރެންގެ މޫނާދިމާލަށް ބަލާލުމަށްފަހު އެހިނިތުންވުމުގައި އަހަރެންގެ ހިތާދިމާ މެޔަށް ބަލަހައްޓައިގެން ހުރެ އަހަރެންގެ ކޮނޑުގައި ބޯއަޅާލިއެވެ. އަހަރެންގެ ހިތުގެ އެދުން ކަލާޤަބޫލްކޮށް ހިތާހިތް ގުޅި ލާމެހިގެން ދިޔަހެން ހީވިއެވެ. އެވަގުތު އިތުރަށް އަހަރެން ދުނިޔެއިން ބޭނުންކަމެއް ނުވެސް ނެތްކަމަށް ޤަބޫލްކުރީމެވެ.

Связаться
Выделить
Выделите фрагменты страницы, относящиеся к вашему сообщению
Скрыть сведения
Скрыть всю личную информацию
Отмена